ދައުލަތުގެ ޚަޒާނާގައި ހުރި ފައިސާކޮޅު މުންކަރާތްތަކަށް ތަޅާ ހުސްކުރަން ކުރާ މަސައްކަތް ހުއްޓާލުމަށް އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް ގޮވާލައްވައިފިއެވެ.
އިސްލާމް ދީނުގެ ޢިލްމްވެރިޔާ، ޑރ. އިޔާޒް މިކަމަށް ގޮވާލެއްވީ ސާފްޗެމްޕިއަންޝިޕްގައި ރާއްޖެއާއި އިންޑިއާ ވާދަކުރާ މެޗުން މޮޅުވެއްޖެނަމަ، ފައިނަލް މެޗާ ހަމައަށް ކޮންމެ ރެއަކު މިއުޒިކް ޝޯ ބާއްވަން ޔޫތު މިނިސްޓްރީން ނިންމުމާއި ގުޅިގެންނެެވެ. އެ ނިންމުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ، ރައްޔިތުން ތިބީ އެމީހުންގެ އަސާސީ ބޭނުންތައް ނުފުއްދޭ ހާލަތުގައި ކަމަށެވެ. ރައްޔިތުން އެ ހާލުގައި ވަނިކޮށް ދައުލަތުގެ ޚަޒާނާގެ ފައިސާކޮޅު މުންކަރާތްތަކަށް ތަޅާ ހުސްނުކުރުމަށް ޑރ. އިޔާޒް ވަނީ ގޮވާލައްވާފައެެވެ.
ޑރ. އިޔާޒް ވިދާޅުވީ، މޮޅުވިޔަސް ބަލިވިޔަސް ހިސާބުގަނޑު މީހުންނަށް އުޅެން އުނދަގޫވާ ޒާތުގެ ކަންކަންކޮށްގެން ނުވާނެ ކަމަށެވެ.
"ޚަޒާނާގައި ހުރި ފައިސާކޮޅު މުންކަރާތްތަކުގައި ތަޅާ ހުސްކުރަން ކުރައްވާ މަސައްކަތް ހުއްޓާލައްވާ!" މި ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތްތަކެއް ކުރެއްވި ޑރ. އިޔާޒް ވިދާޅުވިއެެވެ.
ސާފްޗެމްޕިއަންޝިޕްގައި ރާއްޖެއާއި އިންޑިއާ ވާދަކުރާ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ، ފައިނަލް މެޗާ ހަމައަށް ކޮންމެ ރެއަކު މިއުޒިކް ޝޯ ބާއްވަން ޔޫތު މިނިސްޓްރީން ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މަޚުލޫފަށް އަމާޒުވެފައެެވެ. ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ފޯރިގަދަކުރަން، ގިނަ ބަޔަކު ބައިވެރިކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ޔޫތު މިނިސްޓްރީން ވަނީ ނިންމާފައެވެ.
ޔޫތު މިނިސްޓްރީއާއި އެފްއޭއެމް ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތްތަކުގެ ތެރެއިން މާދަމާ ހަވީރުން ފެށިގެން ކާނިވާ ސަރަހައްދުގައި މެޗު ބެލުމާއެކު މިއުޒިކް ޝޯ ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖައްސާފައެެވެ. ޝޯޝަލް މީޑިޔާގައި ޚިޔާލު ފާޅުކުރި ގިނަ މީހުން ވަނީ ފުޓުބޯޅައިގެ ފޯރީގެ ތެރެއަށް މިއުޒިކް ޝޯތަށް ނުވެއްދުމަށް ގޮވާލާފައެެވެ. އަދި މިނިސްޓްރީން މިއުޒިކް ޝޯތަށް ބާއްވަން ނިންމި ނިންމުން އަނބުރާ ގެންދިޔުމަށް ގިނަ ބަޔަކު ވަނީ ސަރުކާރަށް ގޮވާލާފައެެވެ.

އެތައް ރައްޔިތުންތަކެއް އެމީހުންގެ އަސާސީ ބޭނުންތައް ނުފުއްދި ތިއްބާ، ޚަޒާނާގައި ހުރި ފައިސާކޮޅު މުންކަރާތް ތަކުގައި ތަޅާ ހުސްކުރަން ކުރައްވާ މަސައްކަތް ހުއްޓަވާލައްވާ. @AhmedMahloof
— Dr.Mohamed Iyaz (@dr_iyaz) October 12, 2021
"ޚަޒާނާގައި ހުރި ފައިސާކޮޅު މުންކަރާތްތަކުގައި ތަޅާ ހުސްކުރަން ކުރައްވާ މަސައްކަތް ހުއްޓާލައްވާ!" މި ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތްތަކެއް ކުރެއްވި ޑރ. އިޔާޒް ވިދާޅުވިއެެވެ.
ސާފްޗެމްޕިއަންޝިޕްގައި ރާއްޖެއާއި އިންޑިއާ ވާދަކުރާ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ، ފައިނަލް މެޗާ ހަމައަށް ކޮންމެ ރެއަކު މިއުޒިކް ޝޯ ބާއްވަން ޔޫތު މިނިސްޓްރީން ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މަޚުލޫފަށް އަމާޒުވެފައެެވެ. ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ފޯރިގަދަކުރަން، ގިނަ ބަޔަކު ބައިވެރިކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ޔޫތު މިނިސްޓްރީން ވަނީ ނިންމާފައެވެ.
ޔޫތު މިނިސްޓްރީއާއި އެފްއޭއެމް ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތްތަކުގެ ތެރެއިން މާދަމާ ހަވީރުން ފެށިގެން ކާނިވާ ސަރަހައްދުގައި މެޗު ބެލުމާއެކު މިއުޒިކް ޝޯ ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖައްސާފައެެވެ. ޝޯޝަލް މީޑިޔާގައި ޚިޔާލު ފާޅުކުރި ގިނަ މީހުން ވަނީ ފުޓުބޯޅައިގެ ފޯރީގެ ތެރެއަށް މިއުޒިކް ޝޯތަށް ނުވެއްދުމަށް ގޮވާލާފައެެވެ. އަދި މިނިސްޓްރީން މިއުޒިކް ޝޯތަށް ބާއްވަން ނިންމި ނިންމުން އަނބުރާ ގެންދިޔުމަށް ގިނަ ބަޔަކު ވަނީ ސަރުކާރަށް ގޮވާލާފައެެވެ.
ކިޔުންތެރިންގެ ހިޔާލު