ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި ޑިސްކް ޖޮކީ، (ޑީޖޭ) އިންނަށް މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީން ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.
މިޕްރޮގްރާމްގެ ދަށުން މިނިސްޓްރީން ހޮވާލެވޭ ޑީޖޭއިންގެ މަޢުލޫމާތު ނުވަތަ ޕްރޮފައިލެއް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރުމަށް ހަމަޖެހިފައިވާކަމަަށް ފަތުރުވެރިކަމާބެހޭ މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އަދި މިޕްރޮގްރާމްގެ ދަށުން މިނިސްޓްރީގެ ރިޕޯޓުތަކާއި، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގައި ޑީޖޭކަން ކޮށްދޭނެ ފަރާތްތަކާއި އިންޑަސްޓްރީގައި ހުރި ފުރުސަތުތަކާއި ލާޖައްސާ ގުޅުވައިދިނުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަަށްވެސް އެމިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން، ޑީޖޭ ކުރުމުގެ މަސައްކަތުގައި ޕްރޮފެޝަނަލްކޮށް ކުރިއަށްދާން ބޭނުންވާ ފަރާތްްތައް ދެނެގަނެ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ، އެންޑް ހެރިޓޭޖާއި ގުޅިގެން ޑީޖޭއިން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ޑީޖޭގެ ޕްރޮފެޝަން އަދާކުރަމުންދާ އަދި އަދާކުރާ ހިތްވާ ފަރާތްތަކުން މިޕްރޮގްރާމްގައި ބައިވެރިވުމަަށް ބޭނުންވާނަމަ، 24 އޮކްޓޫބަރު 2021 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީން ގެޒެޓް ކޮށްފައިވާ މައުލޫމާތު ހާމަކުރާ ފޯމް، ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅުމަަށް އެމިނިސްޓްރީއިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު