މާލޭގައި ދުވަސް ނުފުރާ ވިހެއި އެއްމާބަނޑު ތިންކުދިން ނިޔާވެއްޖެއެެވެެ.
އައްޑޫ ސިޓީއަށް ނިސްބަތްވާ ދެމަފިރިއަކަށް ލިބުނު އެއް މާބަނޑު ތިން ފިރިހެން ކުދިން އުފަންވީ މިއަދު އައިޖީއެމް ހޮސްޕިޓަލުގައެވެ. އައިޖީއެމް ހޮސްޕިޓަލުން ބުނީ މިއަދު ހެނދުނު އެ ތިން ކުދިންގެ މަންމަ ހޮސްޕިޓަލަށް ގެނައީ ފެންދުލި ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށެވެ. އަދި އޭނާ ވިހެއި އިރު ތިން ކުދިންވެސް ނިޔާވީ އެ ކުދިން ރަނގަޅަށް އުފެދިފައިނުވާތީ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ހާމަކުރެއެވެ.
ތިން ކުދިންގެ މަންމަގެ ބަނޑަށް 21 ހަފުތާގައި ވިހެއި ތިން ކުދިންގެ ބަރުދަނުގައިވެސް 400 ގްރާމް ހަމަނުވާ ކަމަށް މައުލޫމާތު ލިބެއެެވެ. އެއްމާބަނޑު ތިން ކުދިން ނިޔާވި ނަމަވެސް މަންމަގެ ހާލު ރަނގަޅެެވެ.
އެއްމާބަނޑު ތިން ކުދިންގެ ޖަނާޒާ މިއަދު ހަވީރު ވަނީ ބާއްވާފައެވެ. އެ ކުދިންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔައީ ކުދިންނަށް ނަން ކިއުމަށްފަހުއެވެ. އެކުދިންނަށް ކިޔާފައިވަނީ މިޒުވާން، މާޒިން އަދި މާކިން އެވެ.

ކިޔުންތެރިންގެ ހިޔާލު