ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންގެ ތެރެއިން ޑޮކްޓަރަށް ދެއްކުމަށް އެދުނު 98 އިންސައްތަ ޤައިދީން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
ސަރުކާރުން މިކަން ހާމަކޮށްފައި މިވަނީ ޖަލުގައި ތިބޭ ޤައިދީންނަށް އެކަށީގެންވާ ބޭސް ފަރުވާ ނުލިބޭކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
މޯލްޑިވްސް ކަރެކްޝަން ސަރވިސުން ބުނީ މާފުށީ ޖަލަކީ އެންމެ ގިނަ ގައިދީން ތިބި ޖަލަށްވާއިރު، ފަރުވާއަށްއެދޭ ގައިދީންނަށް ފަރުވާގެ ފުރުޞަތު ތަނަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ފާއިތުވެގެން މިދާ އަހަރުގެ މިވީ 8 މަސް ދުވަހުގެ ތެެރޭގައި ޑޮކްޓަރަށް ދެއްކުމަށް އެދުނު 6،366 ގައިދީންގެ ތެރެއިން 6،216 ގައިދީންނަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައި ދީފައެވެ. އަދި ޢާންމު ބަލިތަކާއި ޚާއްސަ ބަލިތައް ހިމެނޭހެން ފަރުވާއަށް އެދުނު ޤައިދީންގެ ތެރެއިން 1،787 ގައިދީއަކަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިކަމަށް ކަރެކްޝަނުން ބުނެއެވެ.
ތަފާތު އެކި ކުށްތަކުގައި ޖަލުތަކުގައި ތިބި ޤައިދީންނަށްވެސް އެންމެ އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ޞިއްޙީ ޚިދުމަތް ލިބޭނެގޮތެއް ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ.
މާފުށީ ޖަލުގައި ތިބޭ ގައިދީންނަށް ދެވޭ ޞިއްޙީ ޚިދުމަތް ރަނގަޅު ކުުރުމަށްޓަކައި ފުރަތަމަ ފަހަރަށް ވަނީ އެޖަލުގައި ތިބޭ ގައިދީންނަށް ޖަލުން ޞިއްޙީ ރަނގަޅު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ. ކުރިން މާލެއިންނާއި މާފުށީ ސިއްޙީ މަރުކަޒުން ޤައިދީން ހޯދަމުންދިޔަ ޞިއްޙީ ފަރުވާ، މިހާރު ޖަލުން ލިބޭނެ އިންތިޒާމު ވަނީ ހަމަައްސާފައެވެ.
މިގޮތުން މާފުށީ ޖަލުގައި ޤާއިމްކޮށްފައިވާ އޮފެންޑަރ ހެލްތުކެއާ ސާވިސް ޑިވިޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި މުޅިން އަލަށް ގައިދީންނަށް ދޭ ފަރުވާ ރަނގަޅުކުރުމުގެ ގޮތުން ޓެލެކޮންސަލްޓޭޝަންގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ. އަދި ޢާންމު ބަލިތަކަށް ފަރުވާދޭ ޚާއްސަ ކޭމްޕުތައް ހިންގުމާއި، އައިކޭމްޕް، ޓީބީ ސްކްރީންކުރުމާއި، ނަފްސާނީ ބަލިތަކަށް ފަރުވާދޭނެ ޚާއްސަ ޑޮކްޓަރެއް ގެނެސް، ކްރައިސިސް ސެންޓަރެއްވެސް މިހާރު ވަނީ ޤާއިމުކޮށްފައެވެ.
މާފުށީ ޖަލުގައި ޤާއިމްކޮށްފައިވާ ޚާއްސަ ޞިއްޙީ މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި، އޯޕީޑީގައި ގައިދީން ބެލުމާއި، އެކްސްރޭގެ ޚިދުމަތާއި، ފިޒިއޮތެރަޕީގެ ޚިދުމަތާއި، މައިނާ ސާޖަރީތަކާއި، ޕްލާސްޓަރ އެޅުމުގެ ޚިދުމަތުގެ އިތުރުން ބޭސްއެޅުމުގެ ޚިދުމަތްވެސް ފޯރުކޮށްދެއެވެ. މީގެ އިތުރުން ބައެއް ކުދިކުދި ޓެސްޓުތައްވެސް މިސެންޓަރުންނާއި، އަދި މާފުށީ ޞިއްޙީ މަރުކަޒާގުޅިގެން ހެދޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. މިއީ ކުރިން މާލެ އައިސްގެން ނޫނީ ޖަލުގައި ތިބޭ ގައިދީންނަށް ނުލިބޭ ފަރުވާތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު