ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވުމަކީ ޓީމަށް އިތުރު ޖޯޝެއް ލިބޭނެ ކަމެއް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެެވެ.
ގައުމީ ޓީމުގެ ކުޅުންތެރިންނަށް ރައީސް ޔާމިން ހިތްވަރު ދެއްވީ ގައުމީ ޓީމު ފަރިތަކުރަން ދަނޑަށް ދިއުމަށް ދަތުރުކުރަމުން ދިޔަ ވަގުތު އެމަނިކުފާނުގެ ގެކޮޅުގައި ހުންނަވައިގެންނެވެ. ސިފައިންގެ ސެކިއުރިޓީގައި ގައުމީ ޓީމުގެ ކުޅުންތެރިން ބަހުގައި ބޮޑުތަކުރުފާނު މަގުން ދަތުރުކުރަމުން ދިޔަ ވަގުތާއި ދިމާކޮށް ގައުމީ ޓީމުގެ ޖޯޒީ ތުރުކުރައްވައިގެން ހުންނަވައި، ރައީސް ޔާމީން ވަނީ ކުޅުންތެރިންނަށް އަތުގެ އިޝާރާތުން ސަލާމް ކުރައްވައި ހޮތްވަރު ދެއްވާފައެެވެ. ބަހުގައި ދަތުރުކުރަމުން ދިޔަ ދިވެހި ގައުމީ ޓީމުގެ ކުޅުންތެރިންވެސް ވަނީ ރަައީސް ޔާމީނަށް އަތުގެ އިޝާރާތުން ސަލާމް ކުރައްވައި އެކަން ބަލައިގެންފައެވެ.
އެކަމާ ގުޅިގެން ޔޫތު މިނިސްޓަރު މަހުލޫފް ވިދާޅުވީ ކުޅިވަރަކީ ސިޔާސީ ފިކުރު ނައްތާލާ ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީންވެސް ގައުމީ ޓީމަށް ހިތްވަރު ދެއްވުމަކީ ޓީމުގެ ކުޅުންތެރިންނަށް ލިބޭނެ އިތުރު ޖޯޝެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ. އެކަމަށްޓަކައި މަހުލޫފް ވަނީ ރައީސް ޔާމީނަށް ޝުކުުރު އަދާކުރައްވާފައެވެ.
ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް ރައީސް ޔާމީން މީގެ ކުރީންވެސް ވަނީ ހިތްވަރު ދެއްވައި ކާމިޔާބަށް އެދިވަޑައިގެންފައެވެ.
މުބާރާތުގައި މާދަމާ ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. މީގެ ކުރީން ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ފައިނަލާއި ގާތަށް ވަނީ ޖެހިލާފައެވެ.
ދިވެހި ގައުމީ ޓީމު ސާފް ފުޓްބޯޅަ މުބާރާތުން މޮޅުވެގެން މުބާރާތުގެ ޗެމްޕިއަންކަން ހޯދައި އެންމެ ފަހުން ތަށި ހިފައިގެން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އައީ ރައީސް ޔާމީންގެ ވެރިކަން ނިމެމުން ދަނިކޮށެވެ. މި މުނާސަބާ ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަވެސް ކޮށްފައެވެ.

ކުޅިވަރަކީ ސިޔާސީ ފިކުރު ނައްތާލާ ކަމެއް. ރައީސް ޔާމީންވެސް ހިތްވަރު ދެއްވުމަކީ ޓީމަށް ލިބޭނެ އިތުރު ޖޯޝެއް. ޝުކުރިއްޔާ. 🙏🏻🇲🇻 https://t.co/cFwFTJ0Cnx
— Ahmed Mahloof (@AhmedMahloof) October 12, 2021
އެކަމާ ގުޅިގެން ޔޫތު މިނިސްޓަރު މަހުލޫފް ވިދާޅުވީ ކުޅިވަރަކީ ސިޔާސީ ފިކުރު ނައްތާލާ ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީންވެސް ގައުމީ ޓީމަށް ހިތްވަރު ދެއްވުމަކީ ޓީމުގެ ކުޅުންތެރިންނަށް ލިބޭނެ އިތުރު ޖޯޝެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ. އެކަމަށްޓަކައި މަހުލޫފް ވަނީ ރައީސް ޔާމީނަށް ޝުކުުރު އަދާކުރައްވާފައެވެ.
ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް ރައީސް ޔާމީން މީގެ ކުރީންވެސް ވަނީ ހިތްވަރު ދެއްވައި ކާމިޔާބަށް އެދިވަޑައިގެންފައެވެ.
މުބާރާތުގައި މާދަމާ ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. މީގެ ކުރީން ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ފައިނަލާއި ގާތަށް ވަނީ ޖެހިލާފައެވެ.
ދިވެހި ގައުމީ ޓީމު ސާފް ފުޓްބޯޅަ މުބާރާތުން މޮޅުވެގެން މުބާރާތުގެ ޗެމްޕިއަންކަން ހޯދައި އެންމެ ފަހުން ތަށި ހިފައިގެން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އައީ ރައީސް ޔާމީންގެ ވެރިކަން ނިމެމުން ދަނިކޮށެވެ. މި މުނާސަބާ ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަވެސް ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު