ސާފް ޗެމްޕިއަންޝިޕް ގައި ބަންގްލަދޭޝްއާ އެއްވަރުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ނޭޕާލުން ހޯދައިފިއެވެެ.

ނޭޕާލް ފައިނަލުގެ ޖާގަ ކަށަވަރު ކުރީ މިއަދު ހަވީރު ބަންގްލަދޭޝްއާ ބަައްދަލުކުރި މެޗް އެއްވަރުކޮށް ޖުމްލަ ހަތް ޕޮއިންޓް ހޯދައިގެންނެެވެ. ބަންގްލަދޭޝް އާއި ނޭޕާލް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ނުވަވަނަ މިނެޓުގައި ބަންގްލަދޭޝުން ޖެހި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެމްޑީ ސުމަން ރިޒާއެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ބަންގުލަދޭޝް ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ނޭޕާލަށް ލިބުނު ޕެނަލްޓީއަކުން އެއްވަރު ކުރި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންޖަން ބިސްޓާއެވެ.

މުބާރާތުގެ ފައިނަލުގައި ނޭޕާލާ ވާދަކުރާނެ ޓީމެއް އެނގޭނީ މިރޭ ރާއްޖެއާ އިންޑިޔާ ކުޅޭ މެޗަށް ފަހުއެވެ. ލީގު ބުރުގެ ފަހު މެޗުގައި މިރޭ ރާއްޖެއާ އިންޑިޔާ ވާދަކުރާ މެޗު އެއްވަރު ކޮށްލައިގެންވެސް ރާއްޖެއަށް ފައިނަލަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ. އެހެން ނަމަވެސް ފައިނަލުގެ ފުރުސަތު ހޯދުމަށް އިންޑިޔާއަށް ޖެހޭނީ މެޗުން ރާއްޖެ ބަލިކުރާށެވެ.

ނޭޕާލު މިފަހަރުގެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައިވާއިރު މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރިޚުގައި ވެސް ނޭޕާލުން ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެވެސް ވަނީ ބަލިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން