އުމުރުން 90 އަހަރުގައި ޖައްވަށް ދަތުރުކޮށް ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ވިލިއަމް ޝެޓްނަރ، ޖައްވަށް ދިޔަ އެންމެ ދުވަސްވީ މީހާގެ ލަގަބު ހޯދައިފިއެވެ.
އިނގިރޭސި ފިލްމު ސީރީޒް ސްޓަރ ޓްރެކުން ބޮޑު މަޝްހޫރުކަމެއް ލިބިގެންދިޔަ ފިލްމީ ތަރި ވިލިއަމް ޝެޓްނަރ ޖައްވަށް ދަތުރުކޮށްފައިވަނީ މަޝްހޫރު ވިޔަފާރިވެރިއާ އަދި ބިލިއަނަރ ޖެފް ބެޒޯޒްގެ ބްލޫ އޮރިޖިން އިން ޖައްވަށް ދަތުރުކުރި ދެވަނަ ޓުއަރިމް ފްލައިޓުންނެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ވިލިއަމް ޝެޓްނަރގެ މިދަތުރުގައި 10 މިނެޓެއްހާއިރު ޖައްވުގައި ހޭދަކުރިއެވެ.
ޝެޓްނަރ ޖައްވަށް ކުރި ދަތުރަށްފަހު، މިއީ ދުނިޔޭގައި އުޅޭ އެންމެންވެސް އުމުރުން އެއްފަހަރު ތަޖުރިބާކޮށްލަން ޖެހޭވަރުކަމެއްކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި މިދަތުރަކީ ހަނދާން ނައްތާނުލެވޭނެ ތަޖުރިބާއެއްކަމަށް ޝެޓްނަރ ވަނީ ބުނެފައެވެ.
ޖައްވަށް ފަތުރުވެރިކަން ތައާރަފްކުރުމުގެ މަގްސަދުގައި ބިލިއަނަރ ޖެފް ބެޒޯޒްގެ ބްލޫ އޮރިޖިން ކުންފުނީގެ ސްޕޭސް ފްލައިޓުތަކުން މިހާރުވަނީ 100 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ޓިކެޓް ވިއްކާފައެވެ. އަދި ބްލޫ އޮރިޖިން ކުންފުނީގެ އިތުރު ފްލައިޓެއްގައި ފަތުރުވެރިން ގޮވައިގެން ޖައްވަށް ދަތުރުކުރުމަށް މިއަހަރު ވަނީ ރާވާފައެވެ.
ބިލިއަނަރ ޖެފް ބެޒޯޒްގެ އިތުރުން، ބިލިއަނަރ އީލަން މަސްކް އަދި ރިޗަރޑް ބްރޭންސަންވެސް ދަނީ ޖައްވަށް ފަތުރުވެރިކަން ތައާރަފްކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު