މަޖިލީހުގެ ރައީސް ސަރުކާރު ތަމްސީލު ކުރާން ނުޖެހޭކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސަ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިހެން ވިދާޅުވީ ރާއްޖެ ތަމްސީލް ކުރުމަށް ރައީސް ނަޝީދު އެކި އެކި ފޯރަމްތަކުގައި ބައިވެރިވެވަޑައިގަންނަވާ ވާހަކަ ރައީސް ނަޝީދު ދައްކާފައިވަނިކޮށެވެ.

ރީކޯ މޫސަ ވިދާޅުވީ ގާނޫނުއަސާސީ ބުނާގޮތުން ޤާނޫނުހަދާ މަޖިލީހުގެ ރައީސް އެކިއެކި ފޯރަމްތަކުގައި ސަރުކާރު ތަމްސީލުކުރާން ނުޖެހޭނެއެވެ. ނަމަވެސް މަޖިލީހާއި ގުޅިފައިވާ ޖަމުއިއްޔާތަކުގެ ފޯރަމްތަކުގައި މަޖިލިސް ތަމްސީލުކުރުމަށް މަޖިލިސް ރައީސަށް ބައިވެރިވެވަޑައިގެންނެވޭނެކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ބަންގާޅުގެ ވެރިމީހާގެ ފަރާތުން މިއަހަރުގެ ކޮޕް ސަމިޓަށް މަޖިލިސް ރައީސް ވަޑައިގެންނެވުން ގާނޫނުއަސާސީއާ ޚިލާފްކަމަށެވެ.



މޫސާ މަނިކު މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމާއި ގުޅޭގޮތުން ރައީސް ނަޝީދު އިއްޔެ ވާހަކަފުޅުދައްކަވާފައި ވަނިކޮށެވެ. އަދި އެ ބައްދަލުވުމުގައި ކާމިޔާބީތަކެއްް ހާސިލުކުރެވޭނެކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު