(ވ - ކ) ރައީސް ސާލިޙް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު، އަދި ނާއިބު ރައީސް ފައިސަލް، ގަލޮޅުދަނޑުގައި ރޭގެ ސާފް ޗެމްޕިއަންޝިޕުގެ މެޗް ބައްލަވާލައްވަނީ.
(ވ - ކ) ރައީސް ސާލިޙް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު، އަދި ނާއިބު ރައީސް ފައިސަލް، ގަލޮޅުދަނޑުގައި ރޭގެ ސާފް ޗެމްޕިއަންޝިޕުގެ މެޗް ބައްލަވާލައްވަނީ.
މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕުގެ މެޗުތަކުގައި ޤައުމީ ޓީމު ދައްކައިދިން ކުޅުމާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ރޭ ސާފް ޗެމްޕިއަންޝިޕުގައި ކުޅުނު މެޗުގައި އިންޑިއާ އަތުން ރާއްޖެ ބަލިވުމާއިއެކު، ޤައުމީ ޓީމަށް ހިތްވަރުދެއްވުމުގެ ގޮތުންނެވެ. ރޭ ރާއްޖެ ކުޅުނު އެންމެފަހު މެޗުގައި ރާއްޖެ ބަލިކޮށް އިންޑިއާއިން ކުރިހޯދުމާއެކު އިންޑިއާ ވަނީ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުން ޖާގަ ހޯދާފައެވެ. އިންޑިއާއިން ރޭގެ މެޗު ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.



ސާފް ޗެމްޕިއަންޝިޕުގައި ރޭ ރާއްޖެއާއި އިންޑިއާ ކުޅުނު މެޗުން ބަލިވިނަމަވެސް ޤައުމީ ޓީމު ދައްކައިދިން ކުޅުމަށާއި ހިތްވަރުގަދަކަމަށް ސާބަސް ދޭންޖެހޭކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އަދި ކުރިމަގުގައި ދިވެހި ޤައުމީ ޓީމުން ބޮޑެތި ކާމިޔާބީތަކެއް ހޯދާނެކަން ޔަގީންކުރައްވާކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.



ރޭ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރި މެޗަށްފަހު ދެން އޮންނާނީ މިމުބާރާތުގެ ފައިނަލްމެޗެވެ. މިމަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލް މެޗުގައި އިންޑިޔާ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މިމުބާރާތުގެ ފައިނަލަށް ނޭޕާލް ދަތުރުކޮށްފައިވަނީ އިއްޔެ ހަވީރު ބަންގްލަދޭޝްއާއި ދެކޮޅަށްކުޅެ މެޗް އެއްވަރުވެގެންނެވެ.



ކިޔުންތެރިންގެ ހިޔާލު