އަހުމަދު މަސްނޫމް   14 އޮކްޓޯބަރު 2021 - 17:42
20 ރުފިޔާގެ ނޫޓުގެ އިތުރު ސްޓޮކެއް ޗާޕުކޮށްގެން މަރުކަޒީ ބޭންކް, އެމްއެމްއޭއިން ގެނެސްފިއެވެ.

އެމްއެމްއޭއިން ބުނީ 20 ރުފިޔާގެ އިތުރު ސްޓޮކެއް ޗާޕު ކުރީ މިހާރު ހުރި ސްޓޮކް މަދުވުމުންކަމަށެވެ.

އެމްއެމްއޭައިން ބުނީ އަލަށް ޗާޕުކުރި ސްޓޮކު އިއްޔެ ރާއްޖެ ގެނެއުމަށްފަހު ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައިވާ ކަމަށެވެ. ނަމަވެސް ގެނައީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އެމްއެމްއޭއިން ހާމައެއް ނުކުރެއެވެ.

ސްޓޮކް މަދުވުމުގެ ސަބަބުން މީގެ ކުރިންވެސް ވަނީ ބައެއް ނޫޓްތައް ޗާޕުކޮށްފައެވެ. އެގޮތުން 10 ރުފިޔާއާއި 100 ރުފިޔާގެ ނޫޓުގެ އިތުރު ސްޓޮކެއް 2018ގައި ވަނީ ޗާޕުކޮށްފައެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރަމުން އަންނަނީ ޒަމާނީ ސެކިއުރިޓީ ފީޗާސްތަކާއެކު ޕޮލިމާ ކަރުދާހުގައި ޗާޕުކޮށްފައިވާ، "ރަންދިހަ ފަހެއް"ގެ ނަމުގައި ނެރުނު ފައިސާގެ ނޫޓެވެ. މި ނޫޓު ސީރީޒް ތައާރަފްކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު