ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ރާއްޖެ ކެޓިޔަސް ގައުމީ ޓީމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ސާބަސް ދެއްވައިފިއެވެ.
އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖެގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ ދިވެހި ކުޅުންތެރިން ގައުމަށްޓަކައި އެންމެ ފަހު ސިކުންތާ ހަމައަށްވެސް ކުރި ހިތްވަރަށް ސާބަސް ދަންނަވާކަމަށެވެ. އަދި މެޗަށް ފަހު ސަޕޯޓަރުންނަށް ދެއްކި ރީތި ނަމޫނާއަށް ޝާހިދު ވަނީ ޝުކުރު އަދާކުރަށްވާފައެވެ.
"މޮޅުވިޔަސް ބަލިވިޔަސް ގައުމީޓީމާއެކު" ޝާހިދު ވިދާޅުވިއެވެ.
އދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ރާއްޖެއަށް އެންމެފަހުން ކުރެއްވި ދަތުރުފުޅުގައި ވަނީ ސާފް ޗެމްޕިއަންޝިޕްގެ މެޗެއް ބައްލަވާލެއްވުމަށް ދަނޑަށް ވަޑައިގެންފައެވެ. ގައުމީ ދުވަހު ކުޅުނު އެމެޗުގައި ރާއްޖެއިން ވަނީ ބަންގްލަދޭޝްގެ މައްޗަށް ކާމިޔާބު ހޯދާފައެވެ.
ރޭ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރި މެޗު އިންޑިއާއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ދެން އޮންނާނީ މިމުބާރާތުގެ ފައިނަލްމެޗެވެ. މިމަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލް މެޗުގައި އިންޑިޔާ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މިމުބާރާތުގެ ފައިނަލަށް ނޭޕާލް ދަތުރުކޮށްފައިވަނީ އިއްޔެ ހަވީރު ބަންގްލަދޭޝްއާއި ދެކޮޅަށްކުޅެ މެޗް އެއްވަރުވެގެންނެވެ.

ދިވެހި ކުޅުންތެރިން ގައުމަށްޓަކައި އެންމެ ފަހު ސިކުންތާ ހަމައަށްވެސް ކުރި ހިތްވަރަށް ސާބަސް. އަދި މެޗަށް ފަހު ސަޕޯޓަރުންނަށް ތިޔަ ދެއްކި ރީތި ނަމޫނާއަށް ޝުކުރިއްޔާ. މޮޅުވިޔަސް ބަލިވިޔަސް ގައުމީޓީމާއެކު #TeamMaldives#SAFFChampionship2021 #MageyMahaldheeb pic.twitter.com/kkCNctCPfl
— Abdulla Shahid (@abdulla_shahid) October 14, 2021
އދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ރާއްޖެއަށް އެންމެފަހުން ކުރެއްވި ދަތުރުފުޅުގައި ވަނީ ސާފް ޗެމްޕިއަންޝިޕްގެ މެޗެއް ބައްލަވާލެއްވުމަށް ދަނޑަށް ވަޑައިގެންފައެވެ. ގައުމީ ދުވަހު ކުޅުނު އެމެޗުގައި ރާއްޖެއިން ވަނީ ބަންގްލަދޭޝްގެ މައްޗަށް ކާމިޔާބު ހޯދާފައެވެ.
ރޭ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރި މެޗު އިންޑިއާއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ދެން އޮންނާނީ މިމުބާރާތުގެ ފައިނަލްމެޗެވެ. މިމަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލް މެޗުގައި އިންޑިޔާ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މިމުބާރާތުގެ ފައިނަލަށް ނޭޕާލް ދަތުރުކޮށްފައިވަނީ އިއްޔެ ހަވީރު ބަންގްލަދޭޝްއާއި ދެކޮޅަށްކުޅެ މެޗް އެއްވަރުވެގެންނެވެ.
ކިޔުންތެރިންގެ ހިޔާލު