މާލޭ ސިޓީ ކައުންސިލްގެ ވަޒީފާތަކަށް އިތުރު ބިދޭސީން ނުނެގުމަށް ނިންމައިިފައިވާ ކަމަށް މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެގޮތަށް ނިއްމީ އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ. އެ ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލްގައި މިހާރު މަސައްކަތްކުރަމުންދާ ބިދޭސީންގެ އަދަދު މަދުކުރުމަށް ނިންމާފައިވާކަމަށް މޭޔަރު މުއިއްޒު ވިދާޅުވިއެެވެ.



އެގޮތުން އެ ކައުންސިލްގެ ވަޒީފާތަކަށް އިތުރަށް ބިދޭސީން ނުނެގުމަށް ނިންމާފައިވާ ކަމަށާއި، މިހާރު ބިދޭސީން މަސައްކަތް ކުރަމުންދާ ވަޒީފާތަކަށް ވެސް ދިވެހިން ނެގުމަށް ނިންމާފައިވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ، ދިވެހިން ވަޒީފާތަކަށް ނަގާއިރު، ޒުވާނުންނަށް ހާއްސަކޮށް ވަކި ޕަސެންޓެއް ކަނޑައަޅާނެ ކަމަށެވެ.

މުއިއްޒު މިގޮތަށް ވިދާޅުވެފައިވާއިރު ސިޓީ ކައުންސިލްގައި މިހާރުވެސް ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު