އދ. ދަނގެތީގައި ވިޔަފާރިވެރިޔާ މަރާލި ކަމުގެ ތުހުމަތުކުރެވޭ ދެ މީހަކު ރަށު ރައްޔިތުން ނުކުމެ ފުލުހުންނާ ހަވާލު ކޮށްފިއެެވެ.
އދ. ދަނގެތީގައި މަރާލާފައި އޮއްވާ ފެނިފައިވަނީ އެ ރަށުގެ ވިޔަފާރިވެރިޔެއް ކަމުގައިވާ އެ ރަށު މޮނަލާޒް، މަހްމޫދު އަބޫބަކުރެވެ. އުމުރުން 57 އަހަރުގެ މަހުމޫދު ފެނުނީ އޭނާ ގެއްލިގެން ރައްޔިތުން ނިކުމެ ހޯދަމުންދަނިކޮށް މަރާލުމަށް ފަހު ގޯންޏަކަށްލައި ވަޅެއްގެ ތެރެއަށް އެއްލާލާފައި އޮއްވައެވެ.
ފުލުހުންގެ އިދާރާއިން ބުނީ، އދ. ދަނގެތީގައި ގޯންޏަކަށް ލައި އެއްލާލާފައި އޮތް މީހަކު ފެނިފައިވާ ކަމަށް ފުލުހުންނަށް މިއަދު ރިޕޯޓް ކޮށްފައިވާ ކަމަށާއި، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މަހުމޫދު އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން މައުލޫމާތުދެއެވެ.
މަހުމޫދު މަރާލާފައި އެއްލާލައިފައި އޮތްއިރު ބޭރު ފުށުންއަނިޔާތައް ދީފައި ހުރި ކަމުގެ ނިޝާންތަށް ހުރި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެއެވެ. ރަށު ބަޔަކު ވަނީ ތުހުމަތު ކުރެވޭ ދެ މީހަކު މިހާރު ފުލުހުންނާ ހަވާލުކޮށްފައެވެ.
ޒުވާނަކު ގަދަކަމުން ގެންގޮސް ދަނގެތީ ޕޮލިސް ސްޓޭޝަނަށް ވައްދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް މިހާރު ޝޯޝަލް މީޑިޔާގައި އަންނަނީ ދައުރުވަމުންނެެވެ. ދަނގެތީގައި ހޮޓަލެއް ހިންގުމުގެ އިތުރުން ކާޑުގެ ބާވަތްތައް ވިއްކައި އަދި އޮޑިދޯނިފަހަރު ވެސް ދުއްވާ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދުގެ މަރުގެ މައްސަލަ އާއި ގުޅިގެން ފުލުހުން އިތުރަށް ބުނީ އެމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު