ދަނޑުވެރިންގެ ދުވަހުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ތ. އަތޮޅަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވީ، ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގައި ރައީސް ސާލިޙު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.



މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ތ. ކަނޑޫދޫގައެވެ. މި އަހަރުގެ ބައިނަލައަގްވާމީ ކާބޯތަކެތީގެ ދުވަސް ތ. ކަނޑޫދޫގައި ފާހަގަކުރަން ނިއްމެވިކަން ރައީސް ސާލިޙު އިއުލާންކުރެއްވީ އެމަނިކުފާނު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ކަނޑޫދޫއަށް ވަޑައިގެން އެރަށު ކައުންސިލާއި ބައްދަލުކުރެެއްވުމަށްފަހުއެވެ. ބައިނަލްއަގްވާމީ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު 16 ވަނަ ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު