އަރިދަފުސް ރޯގާ ޖެހޭ މީހުންގެ އަދަދު އިތުރުވެ، އިންފްލުއެންޒާވެސް ހަލުވިކަމާއެކު ފެތުރެމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ މި މަހުގެ ތެރޭގައި މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން 11008 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށާއި، މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވަނީ 3720 ކޭސް ކަމަށެވެ.
އަރިދަފުސް ރޯގާގެ އިތުރުން، އިންފްލުއެންޒާއަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް އިތުރުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މި މަހު އިންފްލުއެންޒާއަށް ޓެސްޓު ކުރި 432 މީހުންގެ ތެރެއިން 192 މީހުންގެ ސާމްޕަލް ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވް ވެފައިކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ފާއިތުވެދިޔަ މަހު އިންފްލުއެންޒާއަށް ޓެސްޓު ކުރި 209 މީހުންގެ ތެރެއިން 68 މީހުން ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވް ވެފައެވެ.
ޖުމްލަގޮތެއްގައި މިދިޔަ މަހާ އަޅާބަލާއިރު، އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާ ވަރަށް ބާރު ސްޕީޑެއްގައި ފެތުރެމުންދާކަން ފާހަގަކުރެވެއެވެ. އެހެންކަމުން މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދޭން އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިފަދަ ބަލިތައް ފެތުރުން ކޮންޓްރޯލްކޮށް ރައްކާތެރިވުމުގެ ގޮތުން އަރިދަފުސް ރޯގާ، ހުން އަދި ކެއްސުން ފަދަ އަލާމާތެއް ހުރިނަމަ ހޮސްޕިޓަލުގެ އާންމު އޯޕީޑީއަށް ނުގޮސް ފްލޫ ކްލިނިކަށް ދިއުމަށާއި ރޯގާގެ އަލާމާތެއް ހުރިނަމަ އަވަހަށް ކޮވިޑަށް ޓެސްޓު ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
މީގެއިތުރުން މާސްކު އެޅުމުގެ ގައިޑްލައިނާ އެއްގޮތަށް މާސްކު އެޅުމާއި، ބަލީގެ ނުރައްކަލުން ސަލާމަތްވުމަށް އިންފްލުއެންޒާ ވެކްސިން އަދި ކޮވިޑް ވެކްސިން ޖެހުމަށްވެސް އެޗްޕީއޭއިން އެދިފައިވެއެވެ.
ކޮވިޑް-19 އެކޭ އެއްފަދައިން އަރިދަފުސް ރޯގާއާއި އިންފްލުއެންޒާއަކީ ވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބަލިތައް ކަމަށް ވާތީ އެޗްޕީއޭއިން އިލްތިމާސް ކުރަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށެވެ.

މިދުވަސްވަރު މާލެ ސަރަހައްދުން އާއްމު އަރިދަފުސް ރޯގާ އަދި އިންފުލުއެންޒާ ޖެހިގެން ރިޕޯރޓްކުރާ އަދަދު ދަނީ އިތުރުވަމުން. ރައްކާތެރިވެލައްވާ. pic.twitter.com/hrrXRiBhfM
— Health Protection Agency (@HPA_MV) October 14, 2021
އަރިދަފުސް ރޯގާގެ އިތުރުން، އިންފްލުއެންޒާއަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް އިތުރުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މި މަހު އިންފްލުއެންޒާއަށް ޓެސްޓު ކުރި 432 މީހުންގެ ތެރެއިން 192 މީހުންގެ ސާމްޕަލް ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވް ވެފައިކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ފާއިތުވެދިޔަ މަހު އިންފްލުއެންޒާއަށް ޓެސްޓު ކުރި 209 މީހުންގެ ތެރެއިން 68 މީހުން ވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވް ވެފައެވެ.
ޖުމްލަގޮތެއްގައި މިދިޔަ މަހާ އަޅާބަލާއިރު، އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާ ވަރަށް ބާރު ސްޕީޑެއްގައި ފެތުރެމުންދާކަން ފާހަގަކުރެވެއެވެ. އެހެންކަމުން މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދޭން އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިފަދަ ބަލިތައް ފެތުރުން ކޮންޓްރޯލްކޮށް ރައްކާތެރިވުމުގެ ގޮތުން އަރިދަފުސް ރޯގާ، ހުން އަދި ކެއްސުން ފަދަ އަލާމާތެއް ހުރިނަމަ ހޮސްޕިޓަލުގެ އާންމު އޯޕީޑީއަށް ނުގޮސް ފްލޫ ކްލިނިކަށް ދިއުމަށާއި ރޯގާގެ އަލާމާތެއް ހުރިނަމަ އަވަހަށް ކޮވިޑަށް ޓެސްޓު ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
މީގެއިތުރުން މާސްކު އެޅުމުގެ ގައިޑްލައިނާ އެއްގޮތަށް މާސްކު އެޅުމާއި، ބަލީގެ ނުރައްކަލުން ސަލާމަތްވުމަށް އިންފްލުއެންޒާ ވެކްސިން އަދި ކޮވިޑް ވެކްސިން ޖެހުމަށްވެސް އެޗްޕީއޭއިން އެދިފައިވެއެވެ.
ކޮވިޑް-19 އެކޭ އެއްފަދައިން އަރިދަފުސް ރޯގާއާއި އިންފްލުއެންޒާއަކީ ވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބަލިތައް ކަމަށް ވާތީ އެޗްޕީއޭއިން އިލްތިމާސް ކުރަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށެވެ.
ކިޔުންތެރިންގެ ހިޔާލު