އަހުމަދު މަސްނޫމް   15 އޮކްޓޯބަރު 2021 - 4:55
ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަޔާތްޕުޅަށް ބިނާކޮށް ފިލްމެއް ހަދަން ނިއްމާފައިވާ ކަމަށް ކުރީގެ އެކްޓަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ވިދާޅުވެއްޖެއެެވެ.

ޓީވީ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން، ޖުމުހޫރީ ޕާޓީގެ އޯޑިއޯ އަދި ވީޑިއޯ ސޮކޮޑްގެ ކޯޗެއާ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ވިދާޅުވީ، އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަޔާތްޕުޅާއި ގުޅޭގޮތުން ފިލްމެއް ހަދަން ނިއްމާފައިވާ ކަމަށާއި، އެ ފިލްމަކީ އާދައިގެ ގޮތަކަށް ހަދާ ފިލްމެއް ނޫން ކަމަށެވެ.

އެ ފިލްމަކީ އިންޓަނޭޝަނަލް ފެންވަރުގައި ހަދާ ފިލްމެެއް ކަމަށް އިއްސެ ވިދާޅުވިއެވެ. ވިލާ ގުރޫޕްގެ ބާނީ ގާސިމަކީ އިބްރާހީމަކީ ދިރިއުޅުމުގައި ވަރަށް ބުރަ މަސައްކަތް ކުރައްވައިގެން ކާމިޔާބީ ހާސިލް ކުރެއްވި ބޭފުޅެއް ކަމަށާއި، އެކަން ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ގަބޫލުކުރާ ކަމަށް އިއްސެ ވިދާޅުވިއެވެ. ގާސިމް ވަރުގެ ވަރުގަދަ ސަހުސިއްޔަތެެއްގެ ބައޮގްރަފީ ދައްކައިދޭ ފިލްމެއް ދައުލަތުގެ ލައިބްރަރީގައި އޮންނަންޖެހޭ ކަމަށް އިއްސެ ވިދާޅުވިއެވެ.

"ގާސިމް އިބްރާހިމްގެ ވަރުގެ ސަޙުސިއްޔަތާއި ގުޅޭ ފިލްމެއް އޮތުން އެއީ ކޮންމެހެން ބޭނުން ކަމެއް، އިރާދަކުރެއްވިޔާ އެ ފިލްމް އަޅުގަނޑު ހަދާނަން ފިލްމުން ދެން އެ ހިސާބަށް ދިޔައީމަ އެގޭނެ، އާދައިގެ ގޮތަކަށް ނޫން ހަދާނީވެސް އިންޓަނޭޝަލް ފެންވަރުގައި ހަދާނީ." ސާކް ކަލްޗަރަލް ސެންޓަރުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސާކް ފިލްމު ފެސްޓިވަލުގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ވެސް ހޯދާފައިވާ އިއްސެ ވިދާޅުވިއެވެ.

މީގެ އިތުރުން އިއްސެ ވިދާޅުވީ، މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމަކީ އެއްވެސް ކަމެއް ދޫކޮށްލާ ބޭފުޅެއް ނޫން ކަމަށެވެ. ގާސިމާއި ގުޅޭ މިފިލްމުން އެމަނިކުފާނުގެ ހަޔާތްޕުޅު ފެށުނު ގޮތާއި ކާމިޔާބާއި ހަމަޔަށް ވާސިލްވުމަށް ކުރެއްވި މަސައްކަތްޕުޅު ފެނިގެންދާނެ ކަމަށް އިއްސެ ވިދާޅުވިއެވެ.

"ގާސިމަކީ އެންމެ ކުރިއްސުރެ ދޫކޮށްލާ ބޭފުޅެއް ނޫން އެއްވެސް ކަމެއް، އަނެއްމީހާއަށް ކަމެއް ވެގެން އުޅެއްޏާ ވާހަކައަކީ ކޮންމެ ފަދަ ގޮތެއް ހަދައިގެން ވެސް އޭނާ އަށް އެކަން ކޮށްދެއްވޭތޯ ބަލާނެ، ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވީމަ އެމަނިކުފާނު އެ މަގާމުގައި އެ ހުންނަވަނީ. އެއީ ހަމަ އައިއްސަ ތަބަކަކަށް ލާފައި ދިން ޕޮޒިޝަނެއް ނޫން، ވަރަށް ބުރަމަސައްކަތުން އަޅުގަނޑުމެންނަށް އަސްލު ނުވެސް ވާނެ އެބޭފުޅާ މިހިސާބަށް އައުމަށް ކުރެއްވި މަސައްކަތް." ދިވެހި ރައްޔިތުންނަށް އިޖުތިމާއީ ގޮތުން ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެއްވާ ގާސިމާއި ބެހޭގޮތުން އިއްސެ ވިދާޅުވިއެވެ.

ގާސިމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ކާމިޔާބު ވިޔަފާރިވެރިއެކެެވެ. ރާއްޖޭގެ ތައުލީމަށް ގިނަ ގުނަ ހޭދަތަކެއް ކުރައްވާ ގާސިމް ގެންދަވަނީ އަމިއްލަ ކޮލެޖެއް ހައްދަވައި އެތަށް ދިވެހި ދަރީންތަކަކަށް މަތީތައުލީމްގެ ފުރުސަތުތަށް ފަހިކޮށްދެއްވަމުންނެެވެ. ވިލާ ކޮލެޖްގެ ނަމުގައި ހިންގާ އެ ކޮލެޖުން މިހާތަނަށް 13000 ވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-2

ދިވެއްސެއް

17-Oct-2021

މީގައި ހާދަ ކުށް ގިނައޭ...


0

އަހްމަދް

16-Oct-2021

ކިހާ ދޮގެއް ތިފިލްމްގާ އެކުލެވޭނެބާ


0

Hussainrasheed

16-Oct-2021

Kihaavareh issy dintha? Gaasim athun boakoh nagaathi 2023 tayaaru vanee dhw