އަނިޔާވެރިގޮތަކަށް ޤަތުލުކޮށް މަރާލި އދ. ދަނގެތީ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ ޖަނާޒާ މިއަދު ޢަސުރު ނަމާދަށްފަހު ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ.
މަހުމޫދުގެ ހަށިގަނޑު މިއަދު ހެނދުނު މާލެ ގެނެސް ޓެސްޓުތަކެއް ހެދުމަށްފަހު ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކާ މިއަދު މިހާރުވަނީ އަނބުރާ ރަށަށް ގެންގޮސްފައެވެ.
އުމުރުން 57 އަހަރުގެ މަހުމޫދު ފެނުނީ އޭނާ ގެއްލިގެން ރައްޔިތުން ނިކުމެ ހޯދަމުން ދަނިކޮށް މަރާލުމަށް ފަހު ގޯންޏަކަށްލައި ފަޅުގެއްގެ ފެން ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވައެވެ.
މަހުމޫދު މަރާލާއި އެއްލާލައިފައި އޮތްއިރު ބޭރު ފުށުން އަނިޔާތައް ދީފައި ހުރި ކަމުގެ ނިޝާންތަށް ހުރި ކަމަށް ޢާއިލާގެ ފަރާތުން ވަނީ ބުނެފައެވެ. އޭނާގެ ކަރަށާއި ބޮލަށް އެއް ފަހަރަށް ވުރެ ގިނައިން ވަޅި ހަރާފައި ހުރި ކަމަށް ވެއެވެ.
މަޙްމޫދުގެ އަނިޔާވެރި ޤަތުލާ ގުޅިގެން ރަށުގެ ބަޔަކު ވަނީ ތުހުމަތު ކުރެވޭ ތިން މީހަކު ފުލުހުންނާ ހަވާލުކޮށްފައެވެ. އެއީ ދެ ފިރިހެނުންނާއި އަންހެނެކެވެ.
އެތިންމީހުން ފުލުހުންގެ ޙިމާޔަތުގައި މިއަދު ހެނދުނު ވަނީ އެރަށުން ބާލާފައެވެ. އޭގެ ތެރޭގައި ހިމެނޭ ދެ ފިރިހެނުންނަކީ އއ.ތޮއްޑޫ ރައްޔިތުން ނިކުމެ އެރަށުންވެސް ބޭރުކޮށްފައިވާ ދެމީހުންނެވެ.
ދަނގެތީގައި ހޮޓަލެއް ހިންގުމުގެ އިތުރުން ކާޑުގެ ބާވަތްތައް ވިއްކައި އަދި އޮޑިދޯނިފަހަރު ވެސް ދުއްވާ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދުގެ މަރުގެ މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ މަރުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު