ސިފާ މުހައްމަދު، ރައީސް ސާލިހުއާއެކު
ސިފާ މުހައްމަދު، ރައީސް ސާލިހުއާއެކު
ކޮރަޕްޝަނަށް ތާއީދުކުރާ ފަރާތްތަކަށް މި ސަރުކާރުން ވަޒީފާދޭތީ އެމްޑީޕީ މެމްބަރުން ތިބީ ކަންބޮޑުވެފައިކަމަށް އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިފާ މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ވިސްނުމާއި ތަފާތު އެހެން ފިކުރުތަކުގެ ފަރާތްތަކަށް އެމްޑީޕީގެ ސަރުކާރުން ވަޒީފާދޭ ކަމަށްބުނެ އެމްޑީޕީގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މާލެ ސިޓީގެ ކުރީގެ މޭޔަރ އަދި އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް ސިފާ މުހައްމަދު ވަނީ ތައުލީމާއި ތަޖުރިބާ ނެތް އެތައް ބަޔަކަށާއި، ކުރީ ސަރުކާރުގެ ކޮރަޕްޝަން ދިފާއުކުރުމަށް އުޅުނު މީހުންނަށް މި ސަރުކާރުން ވަޒީފާދެމުންދާކަމަށް ތުހުމަތު ކުރަށްވާފައެވެ. އަދި މިކަމާއި އެމްޑީޕީގެ ޒުވާނުންނާއި އާއްމު މެމްބަރުންގެ ކަންބޮޑުވުން އެބައޮތްކަމަށް ސިފާ ވިދާޅުވިއެވެ.



ކޮރަޕްޝަނަށް ތާއީދުކުރާ ފަރާތްތަކަށް މި ސަރުކާރުން ވަޒީފާދޭތީ އެމްޑީޕީ މެމްބަރުން ތިބީ ކަންބޮޑުވެފައިކަމަށް އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް ސިފާ މުހައްމަދު ވިދާޅުވިއިރު ދާދިފަހުން ރައީސް ސާލިހު ވަނީ ފިލްމީތަރި އަބްދުﷲ މުއާޒަށް އެންސީއޭގެ އިސް މަގާމެއް ދެއްވާފައެވެ. އޭނާ އެ މަގާމަށް ހަމަޖެއްސިއިރު އޭނާއަކީ ކުރީ ސަރުކާރުގައި ރައީސް ޔާމީންގެ ދިފާއުގައި ވަރަށް ބޮޑަށް މަސައްކަތްކުރި މީހެއްކަން ފާހަގަކޮށްލެވެއެވެ.

ފިލްމީތަރި މުއާޒްގެ އިތުރުން ކުރީ ސަރުކާރުގެ އެކި މަގާމްތައް އަދާކުރި ބައެއް ފަރާތްތަަކަށް މި ސަރުކާރުން ވަޒީފާ ދީފައިވާތީ އެމްޑީޕީގެ ގިނަ މެމްބަރުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ނަމަވެސް މި ސަރުކާރަކީ ސިޔާސީ އެކި ފިކުރުގެ މީހުން ހިމެނޭ ޕާޓީތައް ގުޅިގެން އުފެއްދި ކޯލިޝަނަކުން ގެނައި ސަރުކާރެއް ކަމަށްވާތީ އެމްޑީޕީގެ ވިސްނުމާއި ފިކުރު ތަފާތު މީހުންނާއި އެކި ސަރުކާރު ތަކުން ކުރިން ފެނިފައިވާ މީހުން ތިބޭނެކަން ގަބޫލުކުރަން ޖެހޭނެ ކަމަށް ކޯލިޝަންގެ ބައެއް ފަރާތްތަކުން ބުނެއެވެ. އަދި މިސަރުކާރަކީ ކޯލިޝަންގެ ނަމުގައި ހިންގާ ސަރުކާރަކަށް ވީނަމަވެސް ސަރުކާރުގެ އިސް މަގާމުތަކުގައާއި އަދި ސިޔާސީ ގިނަ މަގާމުތަކުގެ ބޮޑުއިންސައްތައެއް ފުރަނީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންކަން ފާހަގަކޮށްލެވެއެވެ.

ކޮރަޕްޝަނަށް ތާއީދުކުރާ ފަރާތްތަކަށް މިސަރުކާރުން ވަޒީފާ ދޭކަމަށް މާލޭގެ ކުރީގެ މޭޔަރު ތުހުމަތު ކުރެއްވިއިރު އެކަމަނާގެ މައްޗަށް ވެސް އެފަދަ ތުހުމަތުތައް ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު