އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެރަށު މަހުމޫދު އަބޫބަކުރު މަރާލުމުގައި ބައިވެރިވެފައިވާ ފަރާތްތައް ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަނގެތީގައި ވަރަށް ރަހުމު ކުޑަ ގޮތަކަށް އެރަށުގެ ވިޔަފާރި ވެރިޔެއް ކަމަށްވާ މަޙުމޫދު އަބޫބަކުރު މަރާލާ ފަޅު ގެއެއްގެ ވަޅަކަށް އެއްލާލާފައިވާ މައްސަލައިގެ ކަންބޮޑުވުން އެ ކޯލިޝަނުން ފާޅު ކުރަނީ ބިރުވެރިކަމާއެކު ކަމަށެވެ.
މަހުމޫދު އަނިޔާވެރި ގޮތަކަށް މަރާލުމުގެ ފަހަތުގައިވާ ސަބަބުތައް ހޯދުމަށާއި، އެ އަމަލު ހިންގުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކެއް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ މަސައްކަތް އަވަސް ސްޕީޑެއްގައި ކޮށް، އެފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ގާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ގޮވާލާފައިވެއެވެ.
އަދި ދަނގެއްޗަށް ކުރިމަތިވެފައިވާ ބިރުވެރިކަމުން އެ ރަށުގެ ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަވަސް ކުރުމަށް އިދިކޮޅުގެ ބަޔާނުގައި ގޮވާލާފައިވެއެވެ.
މަޙުމޫދުގެ ޢާއިލާ އަށާއި ދަނގެތީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ފުން ހިތާމައިގައި އެކޯލިޝަންގެ އެންމެހާ މެންބަރުން ބައިވެރިވާ ކަމަށް އެ ކޯލިޝަނުން ބުނެ އެވެ. އަދި އެ އާއިލާއާއި ދަނގެތީ ރައްޔިތުންނަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމާއި އެކޯލިޝަންގެ ލީޑާރޝިޕާއި، އެކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ފޮނުވާފައިވެއެވެެ.
މަހުމޫދުގެ ހަށިގަނޑު ޓެސްޓްތަކެއް ހެދުމަށް މިއަދު ހެނދުނު މާލެ ގެނެސް އަނބުރާ ދަނގެއްޗަށް ފޮނުވައި މިހާރު ވަނީ ޖަނާޒާ ބާއްވައި ވަޅުލާފައެވެ. ފުލުހުން ބުނީ މަހްމޫދުގެ ހަށިގަނޑު މާލެ ގެނައީ ފުލުހުން ކޮންމެހެން ހަދަން ޖެހޭ ޓެސްޓުތަކެއް ހެދުމަށް ކަމަށާއި ޓެސްޓުތައް ހެދުމަށް ދެގަޑިއެއްހާއިރު އައިޖީއެމްއެޗްގައި ހަށިގަނޑު ބޭއްވި ކަމަށެވެ.
ފުލުހުން ބުނީ މަހުމޫދުގެ މަރުގެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އެހެން ނަމަވެސް މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ ތިން މީހަކު ދަނގެތިން ވަނީ ބާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު