ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދިން މީހާ ދޫކޮށްލުމަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށް، ބަންދާއި މެދު ގޮތެއް ނިންމުމަށް ހައިކޯޓުން އަމުރު ކުރުމުން ވެސް އެމީހާ ބަންދު ނުކުރަން ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމައިފި އެވެ.
މޯލްޑިވްސް މީޑިޔާގެ ކައުންސިލްގެ ކުރީގެ މެމްބަރު މަސްއޫދަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި މީހާ ދޫކޮށްލަން ކުރިހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ބާތިލްކޮށްފަ އެވެ.
ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށް، ހައިކޯޓުން ހުކުމް ކުރުމުން ޕޮރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވަނީ ހައިކޯޓުގެ އަމުރާއި އެއްގޮތަށް އެމީހާ ސަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓްގައި އެދިފަ އެވެ. އެހެންނަމަވެސް އެކޯޓުން ވަނީ ހައިކޯޓުގެ އަމުރުގެ ރޫހާއި ހިލާފަށް އަނެއްކާ ވެސް އޭނާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ހުކުމްކޮށްފަ އެވެ.
މިމައްސަލާގައި ދައުލަތުން ހައިކޯޓުގައި ބުނެފައިވަނީ މަސްއޫދަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ލ. ފޮނަދޫ ދިލްކުސާގޭ، އަހުމަދު ސަމީމް ދޫކޮށްލާފައި ވަނީ ގާނޫނު އަސާސީއާއި ހިލާފަށްކަމަށާއި މިހާރުވެސް މިމީހާއަށް މިފަދަ މައްސަލައެއް ތުހުމަތު ކުރެވި ތަހްގީގް ކުރެވުމުންދާ ކަމަށާއި މިއީ ސިލްސިލާ ގޮތެއްގައި ކުރިއަށްދާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.
މި މީހާއަކީ މިދިޔަ ޑިސެމްބަރު މަހު ލ. އަތޮޅުގައި އޮންނަ މަސްއޫދުގެ ކާރުގައި ރޯކޮށްލި މައްސަލާގައި ވެސް ފުލުހުން ތަހްގީގް ހިންގަމުންދާ ފަރާތެވެ. އެމައްސަލާގައި ވެސް ފުލުހުން ވަނީ އަހުމަދު ސަމީމްގެ ފޯނު ހިފަހައްޓާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު