ރާއްޖޭގައި ދަނޑުވެރިން ތަކެތި ހެއްދުމުގައި ބޭނުންކުރާ ކެމިކަލް ކާނާ ބޭނުން ނުކުރުމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިޙު މިރޭ އިލްތިމާސް ކުރައްވައިފިއެެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ތ. ކަނޑޫދޫގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ސާލިހު ވިދާޅުވީ، ދަނޑުވެރިކަން ކުރާއިރު ދަނޑުވެރިން ސަމާލުކަން ދޭންވީ މުހިންމު ކަންތައްތަކެއް ހުރިކަމަށާއި، އެގޮތުން އެންމެ މުހިންމީ ދަނޑުވެރިކަމުގައި ކެމިކަލް ބޭނުން ނުކުރުންކަމަށެވެ. އަދި އޭގެ ބަދަލުގައި ތިމާވެެއްޓާ ރައްޓެެހި ގޮތަކަށް އޯގެނިކް ފާމިންއަށް މަސައްކަތްތައް ބައްޓަންކުރުމަށް ދަނޑުވެރިންގެ ކިބައިން ރައީސް އެދިވަޑައިގެންނެވިއެވެ. ރައީސް ސާލިޙު ވިދާޅުވީ، އޯގެނިކް ފާމިންއަށް ރާއްޖޭގައި ޑިމާންޑު އޮތްކަމަށާއި އެއީ ރާއްޖޭގައި ވެސް ކުރެވޭނެކަމެއްކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ގިނައިން އެބަ ބޭނުކުރަން ކެމިކަލް ކާނާ، މީގެ ސަބަބުން އަޅުގަނޑުމެންނަށް އަދި ޔަގީންކޮށް ދަންނަވަން ނުކެރުނު ނަމަވެސް ރާއްޖޭގައި ވަކި ބާވަތްތަކެއްގެ ބަލި ފެތުރެމުން އެބަދޭ، ބައެއް މީހުން ގަބޫލުކުރާގޮތުގައި މިއާ ގުޅުން ހުރުމަކީ ވެދާނެ ކަމެއް، އަޅުގަނޑުމެން އޭގެ ދިރާސާއެއް ހަދަމުން އެބަ ގެންދަން ގައުމީ ޔުނިވަސިޓީ އާއެކުގައި. އަޅުގަނޑުގެ އިލްތިމާސަކީ ތިބޭފުޅުން ދަނޑުވެރިކަމުގައި ކުރިއަށްދާއިރު އޯގެނިކް ފާމިންއަށް ބޮޑަށް ސަމާލުކަން ދީގެން ކުރިއަށް ދިޔުން." ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ކާބޯތަކެތީގެ ސެކިއުރިޓީ ދެމެހެއްޓުމަށް ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރައްވަމުން ރައީސް ސާލިހު ވިދާޅުވީ އެ ފަދަ ދަތިތައް ހޯދައި ހައްލުކުރުން މުހިންމުކަމަށެެވެ. އަދި މިހާރު އެންމެ މުހިންމީ އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ހުރުން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދަނޑުވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދިގު މުއްދަތަކަށް ބިން ނުލިބުމުގެ މައްސަލަ ކަމަށެެވެ. އެހެން ކަމުން ރަށްރަށުގެ ކައުންސިލްތަކާއި ވާހަކަ ދައްކައިގެން ދަނޑުވެރިންނަށް މިހާރަށް ވުރެ ފަސޭހައިން ބިން ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
މީގެ އިތުރުން ދަނޑުވެރިން ހިއްސާކޮށްފައިވާ ބައެއް ކަންބޮޑުވުންތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ތާޒާ ކަންމަތީގައި އުފައްދާ ތަކެތި ބާޒާރަށް ނެރުމާއި ހަމަ އަގު ނުލިބުމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ދަނޑުވެރިންނާއި ހަމައަށް ފޯރުކޮށް ނުދެވޭ ކަމަށެވެ. އެހެންކަމުން ވިސްނުމަކީ ރާއްޖޭގައި އުފައްދާ ބާވަތްތައް ރާއްޖޭގައި ބޭނުންވާ ވަރަށް އުފެއްދޭނެ ޕްލޭނަކާއެކު ކުރިއަށް ގެންދިޔުމާއި އެފަދަ ބާވަތްތައް އެތެރެކުރާ ގައުމުތަކުން އިމްޕޯޓް ޑިއުޓީ ބޮޑުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ލޯނު ލިބުމުގެ ދަތިކަން ދަނޑުވެރިންނަށް ހުރިިއިރު ލޯނުތަކަށް ވާސިލްވެވޭނެ ގޮތްތައް މިނިސްޓްރީން ހަމަޖައްސާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ސިނާއީ ފެންވަރެއްގައި ދަނޑުވެރިކަން ކުރާނެ ޒުވާނުން އުފެދިގެން ދިޔުމަކީ ސަރުކާރުގެ އުންމީދު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން އެކަމަށް ބޭނުންވާ މަގު ފަހިކޮށްދޭނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

President @ibusolih attends the official reception held in Kandoodhoo Island of Kolhumadulu Atoll to mark National Farmers’ Day and World Food Day 2021 pic.twitter.com/gK1LP5isxD
— The President's Office (@presidencymv) October 15, 2021
ރާއްޖޭގައި ކާބޯތަކެތީގެ ސެކިއުރިޓީ ދެމެހެއްޓުމަށް ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރައްވަމުން ރައީސް ސާލިހު ވިދާޅުވީ އެ ފަދަ ދަތިތައް ހޯދައި ހައްލުކުރުން މުހިންމުކަމަށެެވެ. އަދި މިހާރު އެންމެ މުހިންމީ އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ހުރުން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދަނޑުވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދިގު މުއްދަތަކަށް ބިން ނުލިބުމުގެ މައްސަލަ ކަމަށެެވެ. އެހެން ކަމުން ރަށްރަށުގެ ކައުންސިލްތަކާއި ވާހަކަ ދައްކައިގެން ދަނޑުވެރިންނަށް މިހާރަށް ވުރެ ފަސޭހައިން ބިން ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
މީގެ އިތުރުން ދަނޑުވެރިން ހިއްސާކޮށްފައިވާ ބައެއް ކަންބޮޑުވުންތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ތާޒާ ކަންމަތީގައި އުފައްދާ ތަކެތި ބާޒާރަށް ނެރުމާއި ހަމަ އަގު ނުލިބުމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ދަނޑުވެރިންނާއި ހަމައަށް ފޯރުކޮށް ނުދެވޭ ކަމަށެވެ. އެހެންކަމުން ވިސްނުމަކީ ރާއްޖޭގައި އުފައްދާ ބާވަތްތައް ރާއްޖޭގައި ބޭނުންވާ ވަރަށް އުފެއްދޭނެ ޕްލޭނަކާއެކު ކުރިއަށް ގެންދިޔުމާއި އެފަދަ ބާވަތްތައް އެތެރެކުރާ ގައުމުތަކުން އިމްޕޯޓް ޑިއުޓީ ބޮޑުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ލޯނު ލިބުމުގެ ދަތިކަން ދަނޑުވެރިންނަށް ހުރިިއިރު ލޯނުތަކަށް ވާސިލްވެވޭނެ ގޮތްތައް މިނިސްޓްރީން ހަމަޖައްސާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ސިނާއީ ފެންވަރެއްގައި ދަނޑުވެރިކަން ކުރާނެ ޒުވާނުން އުފެދިގެން ދިޔުމަކީ ސަރުކާރުގެ އުންމީދު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން އެކަމަށް ބޭނުންވާ މަގު ފަހިކޮށްދޭނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު