ރާއްޖޭގައި ދަނޑުވެރިކަން ކުރުމަށް އިތުރު ފަސް ރަށެއް ދޫކުރަން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.
ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތ. ކަނޑޫދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރޭ އެރަށުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް އިތުރު ރަށްތައް ދޫކުރަން މިހާރު ވަނީ ނިންމަވާފައިކަމަށެވެ. އަދި ވަރަށް އަވަހަށް މި މަސައްކަތް ކުރެވޭނެ އިތުރު 5 ރަށެއް އިއުލާން ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރުވެސް ރާއްޖޭގައި މީހުން ދިރިނޫޅޭ 50 އަށްވުރެ ގިނަ ރަށްވަނީ ދަނޑުވެރިކަމަށް ދޫކޮށްފައިކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރވަނީ ރާއްޖޭގެ ބިމުގެ މުހިންމުކަމަށް އަލިއަޅުއްވައިލައްވައި ބިމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އެހެންކަމުން މިހާރު ބިމުގެ ބޭނުން ރަނގަޅުގޮތުގައި ނުހިފައިފިނަމަ މުސްތަޤުބަލުގައި މިއީ ކުރިމަތިވެދާނެ ބޮޑު ގޮންޖެހުމެއްކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ. އެގޮތުން، ބިމުގެ ބޭނުން ހެޔޮގޮތުގައި ހިފާ، ދަނޑުވެރިކަން ކުރުމުގައިވެސް ބިން ހެޔޮގޮތުގައި ބޭނުންކުރަން މިނިސްޓަރ ވަނީ އެދިވަޑައިގެންފައިވެއެވެ.
ދަނޑުވެރިންގެ ދުވަސް ކުލަގަދަކޮށް ތ. ކަނޑޫދޫގައި މިފަހަރު ފާހަގަކުރާއިރު، ދަނޑުވެރިންނާއި އެދާއިރާއާއި ގުޅުންހުރި ފަރާތްތަކަށް ޚާއްސަކޮށްގެން ބޭއްވި ފޯރަމް ގައި ރައީސުލްޖުމހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު