މަރަށްމަރު ހިފައިގެން ނޫނީ ރާއްޖޭގައި މީހުން މެރުން ހުއްޓުވޭނެ ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
އަނިޔާވެރިގޮތަކަށް އދ. ދަނގެތީ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު ޤަތުލުކޮށް މަރާލި ޙާދިސާއާއި ގުޅިގެން މުސްޠަފާ މިއަދު ވިދާޅުވީ، ކުށެއްނެތި މަރަމުންދާ މީހުންނަށް އިންސާފު ލިބެން ޖެހޭ ކަމަށެވެ. އަދި އިންސާފު ލިބެން އޮތް މަގަކީ މަރަށް މަރު ހިފުން ކަމަށް މުސްޠަފާ ވަނީ ވިދާޅުވެފައެވެ.
މުސްޠަފާ ވިދާޅުވީ، މީހަކު މެރިކަމަށް ޤާތިލު އިޢުތިރާފްވާތާ 3 ހަފްތާ ތެރޭގައި އެމީހެއްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކޮށް ނިންމަންޖެހޭނެ ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި، އުމަރު ނަސީރު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ކުރަންޖެހޭ ތައްޔާރީތައް ކުރި ނަމަވެސް މިއަދާ ހަމައަށް ވެސް މަރަށް ހުކުމް ކޮށްފައިވާ އެއްވެސް މީހެއްގެ މައްޗަށް އެހުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ. ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތް ފެށުމުން ހުޅަނގުން އެކަމަށް ކުރިމަތި ކުރަމުން ގެންދިޔަ ފިއްތުންތަކާއި އަދި ފާޑުކިއުންތަކާއެކު މިސަރުކާރުން ވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް ހުއްޓާލާފައެވެ.
އދ. ދަނގެތީގައި އުމުރުން 57 އަހަރުގެ މަހުމޫދު ފެނުނީ އޭނާ ގެއްލިގެން ރައްޔިތުން ނުކުމެ ހޯދަމުން ދަނިކޮށް މަރާލުމަށް ފަހު ގޯންޏަކަށްލައި ފަޅުގެއްގެ ފެން ވަޅެއްގެ ތެރެއަށް ވައްޓާލާފައި އޮއްވައެވެ.
މަހުމޫދު މަރާލައި އެއްލާލައިފައި އޮތްއިރު ބޭރު ފުށުން އަނިޔާތައް ދީފައި ހުރި ކަމުގެ ނިޝާންތަށް ހުރި ކަމަށް ޢާއިލާގެ ފަރާތުން ވަނީ ބުނެފައެވެ. އޭނާގެ ކަރަށާއި ބޮލަށް އެއް ފަހަރަށް ވުރެ ގިނައިން ވަޅި ހަރާފައި ހުރި ކަމަށް ވެއެވެ.
ދަނގެތީގައި ހޮޓަލެއް ހިންގުމުގެ އިތުރުން ކާޑުގެ ބާވަތްތައް ވިއްކައި އަދި އޮޑިދޯނިފަހަރު ވެސް ދުއްވާ މަޝްހޫރު ވިޔަފާރިވެރިޔާ މަހުމޫދުގެ މަރުގެ މައްސަލައާއި ގުޅިގެން ފުލުހުން ބުނީ މަރުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު