ތ. ކަނޑޫދޫގައި ސްކޫލްގައި ކުރިއަށްގެންދާ ސްކޫލް ގާޑެނިންގ ޕްރޮގްރާމް އިފްތިތާޙުކޮށްފިއެވެ.

އެގްރޯ ނެޓުން ތ. ކަނޑޫދޫ ސްކޫލްގައި ކުރިއަށްގެންދާ ސްކޫލް ގާޑެނިން ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ދަނޑުވެރިކަމާއިބެހޭ ވަޒީރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

ތ. ކަނޑޫދޫގައި ތަރައްޤީކުރި ސްކޫލް ގާޑެނިންގ ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ހުސައިން ވިދާޅުވީ އެގްރޯ ނެޓްގެ ފަރާތުން ކަނޑޫދޫ ސްކޫލްގައި ތަރައްޤީކޮށްފައިވާ ސްކޫލް ގާޑްނިން ޕްރޮގްރާމަކީ ރާއްޖޭގެ ދަނޑުވެރިކަން އެހެން ހަރުފަތަކަށް ގެންދާނެ ޕްރޮގްރާމެއްކަމަށެވެ. އެގޮތުން ސްކޫލް ދަރިވަރުންނަށް ދަސްކޮށްދެވޭ ކޮންމެކަމަކީ އޭގެ މަންފާ މުސްތަގުބަލުގައި ފެންނާނެކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ފަރާތުން ތ. ކަނޑޫދޫ ސްކޫލްގައި ތަރައްޤީކުރި އެގްރޯ ސްކޫލް ފާމްގެ ސަބަބުން ކުދިންގެ ހިތްތަކުގައި ދަނޑުވެރިކަމަށް ޝައުގުވެރިކަން އުފެދޭނެކަމަށެވެ. އަދި މީގެ ސަބަބުން ދަނޑުވެރިކަމުގެ ކުރިމަގު އުޖާލާވާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ގަހުން ފައިދާ ހޯދުމަށް އޮށް ވަޅުލާ އުސޫލުން ޤައުމުގެ ތަރައްޤީގެ އޮށް އިންދަނީ ސްކޫލްތަކުގައި. އެހެންކަމުން އެގްރޯ ނެޓްގެ ސްކޫލް ފާމް މޮޑެލް ފާމަކީ ދަނޑުވެރިކަން ކުރިއަރުވާ މިދާއިރާ ތަރައްޤީކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް." މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.

އެގްރޯ ނެޓްގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ ސްކޫލް ގާޑްނިންގެ ތެރެއިން ކުދިންނަށް ދަނޑުވެރިކަން ދަސްކޮށްދިނުމަކީ އެގްރޯ ނެޓްގެ އެއް އަމާޒުކަމަށާއި ތ. ކަނޑޫދޫގައި ކުރިއަށްގެންދާ ސްކޫލް ފާމިިން ޕްރޮގްރާމް އެހެން ސްކޫލްތަކަށްވެސް ފުޅާކުރުމަށް ނިންމާފައިވާކަމަށެވެ.

އެގްރޯ ސްކޫލް ގާޑްނިންގ ޕްރޮގްރާމަކީ ދަނޑުވެރިކަން ކުރާނެ ގޮތް ކުދިންނަށް ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގައި ކުދިންނަށް ތަމްރީން ދީ އެކުދިންނަކީ ސްކޫލް ނިންމާ މުޖުތަމަޢަށް ނުކުންނައިރު ދަނޑުވެރިކަމަށް ތައްޔާރުވެފައިވާ ކުދިންތަކަކަށް ހެދުމަކީ މިޕްރޮގްރާމްގެ އަމާޒުކަމަށް އެގްރޯ ކުންފުނިން ބުނެއެވެ. އަދި މިތަންތަން އެކުންފުނިން މޮނީޓަރކޮށް ބަލަހައްޓާނެކަމަށާއި ސްކޫލްގައި ހައްދާ ބާވަތްތައް އެގްރޯ ނެޓަށް ގަންނާނެކަމަށްވެސް އެކުންފުނިންގ ބުނެއެވެ.

ކަނޑޫދޫ ސްކޫލްގައި ހުޅުވި ސްކޫލް ފާމިންގގައި އުފައްދަނީ ލެޓިއުސްއާއި ލޭޑިސް ފިންގާއާއި ބެސިލްއާއި މިންޓާއި ކޮޕީފަތުގެ އިތުރުން ޒުވާރިކަމަށް އެގްރޯ ކޯޕަރޭޝަނުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު