މިދިޔަ ބުދަދުވަހު ފުލުހުން ހިންގި އަތުލައިގަތް 215 ކިލޯގެ މަސްތުވާތަކެތި ފެނުނީ ރ. އަތޮޅު ރާންބުގަލި ކިޔާ ފަޅު ރަށަކުންކަން ހާމަވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ބުނާގޮތުން 215 ކިލޯގެ ހެރޮއިން ފެނިފައިވަނީ ރ. އަތޮޅު ރާންބުގަލި ނަމަކަށް ކިޔާ ފަޅުރަށަކުންނެވެ. މިއީ ފަހުގެ ތާރީހެއްގައި އެއް ފަހަރާ މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަތް ފަހަރެކެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންނަކީ ރ. މަޑުއްވަރީއަށް ނިސްބަތްވާ ދެ ފިރިހެނެކެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ ދެމީހުންނަށް ފާރަލައިގެން ކަނޑުމަތިންކަން ވަނީ އެނގިފައެވެ. މި ދެ މީހުންގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މަސްތުވާތަކެތި ފެނުނު ރ. އަތޮޅު ރާންބުގައްޔަކީ މަޑުއްވަރީން ލޯންޗެއްގައި 15 މިނެޓުން ދެވޭހާ ކައިރީގައި އޮންނަ ރަށެކެވެ.
އެރަށުން މައުލޫމާތު ދިން މީހަކު ބުނިގޮތުގައި މި ދެމީހުން ހައްޔަރުކުރުމަށްފަހު އެ މީހުން ދަތުރު ކުރި ލޯންޗް މަޑުއްވަރީއަށް އެހެލުމަށްފަހު ފުލުހުން ވަނީ އެ ލޯންޗު ބަލާ ފާސްކޮށްފައެވެ. އަދި ލޯންޗުން ބައެއް ތަކެތި ފުލުހުން ގެންގޮސްފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.
ރ. އަތޮޅުގެ ފަޅުރަށަކުން 215 ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދާފައިވާއިރު، މިމަހުގެ 13 ވަނަދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ ފަޅު ރަށެއްގައި ފޮރުވާފައި ހުރި 100 ކިލޯގެ މަސްތުވާތަކެތި ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު