އުންސުރު ހަމަނުވެގެން ބޮޑެތި ކުށްވެރިން ދޫވެގެން ދިޔުމަކީ ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ކުރީގެ އިކޮންމިކް މިނިސްޓަރު އަހުމަދު މުހަންމަދު (އަންޑޭ) ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ މެމްބަރު އަދި ރައީސް ވަހީދުގެ ސަރުކާރުގައި އިކޮންމިކް މިނިސްޓަރުކަން ކުރެއްވުމުގެ އިތުރު ރައީސް ޔާމިންގެ ސަރުކާރުގައި އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގައި ހުންނެވި އަހުމަދު މުހަންމަދު (އަންޑޭ) މިހެން ވިދާޅުވީ ޖިނާއީ ކުށްތަކުގައި ހައްޔަރުކުރާ ކުށްވެރިން ކޯޓު ތަކުގެ ތެރެއިން ދޫވެގެން ދާތީ އެކަމާމެދު ކަންބޮޑުވުން ހިއްސާ ކުރައްވަމުންނެެވެ.
އަހްމަދު މުހައްމަދު (އަންޑޭ) ވިދާޅުވީ އިޖުރާއަތްތަށް ފުރިހަމަ ނުވެގެން ނުވަތަ އުންސުރު ހަމަނުވެގެން މީހުން މެރުމާއި، ޑްރަގާ، ޖިންސީ ގޯނާފަދަ ޖިނާއީ މައްސަލަތަކުގައި ފުލުހުން ހައްޔަރު ކުރާ މީހުން ދޫވެގެން ދިޔުމަކީ ބޮޑު ޖަރީމާއެއް ކަމަށެވެ.
"އިޖުރާއަތްތައް ފުރިހަމަނުކޮށް ހިންގޭ ކަންކަމުގައި ޝާމިލްވާ މީހުން ޒިންމާކުރުވަން ޖެހޭ." ކޮމިޝަނަރު އޮފް ކަސްޓަމްސްގެ މަގާމުވެސް އަދާކުރެއްވި އިޤުތުޞާދީ ތަޖުރިބާކާރު އަންޑޭ ވިދާޅުވިއެވެ.
އަންޑޭ މިހެން ވިދާޅުވެފައިވާއިރު، ފަހަކަށް އައިސް ޖިނާއީ މައްސަލަތަކުގައި ފުލުހުން ހައްޔަރުކުރާ ފަރާތްތައް އިޖުރާއަތްތަކާއި ޚިލާފަށް ހައްޔަރުކުރާ ކަމަށް ބުނެ ކޯޓުތަކުން އެމީހުން ދަނީ ދޫކުރަމުންނެވެ. ދާދިފަހުން ބޮޑު ޑްރަގު މައްސަލައެއްގައި ހައްޔަރުކުރި އިސް ދެމީހަކުވެސް ކޯޓުން ވަނީ ދޫކޮށްލާފައެވެ. މިފަދަ ބައެއް މައްސަލަ ތަކުގައި އުންސުރު ހަމަނުވެގެން ދައުވާ ނުކުރެވެނީސް ވެސް އެފަދަ ބޮޑެތި ކުށްވެރިން ދޫވަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އުންސުރު ހަމަނުވެގެން ނޫނީ އިޖުރާއަތުތައް ފުރިހަމަ ނުވެގެން މީހުން މެރުމާއި، ޑްރަގާއި، ޖިންސީ ގޯނާ ފަދަ ޖިނާއީ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުން ދޫވެގެން ދިއުމަކީ ބޮޑު ޖަރީމާއެއް. އިޖުރާއަތްތައް ފުރިހަމަ ނުކޮށް ހިންގޭ ކަންކަމުގައި ޝާމިލުވާ މީހުން ޒިންމާ ކުރުވެން އެބަޖެހޭ.
— Ahmed Mohamed (AM) (@ahmedMDV) October 16, 2021
"އިޖުރާއަތްތައް ފުރިހަމަނުކޮށް ހިންގޭ ކަންކަމުގައި ޝާމިލްވާ މީހުން ޒިންމާކުރުވަން ޖެހޭ." ކޮމިޝަނަރު އޮފް ކަސްޓަމްސްގެ މަގާމުވެސް އަދާކުރެއްވި އިޤުތުޞާދީ ތަޖުރިބާކާރު އަންޑޭ ވިދާޅުވިއެވެ.
އަންޑޭ މިހެން ވިދާޅުވެފައިވާއިރު، ފަހަކަށް އައިސް ޖިނާއީ މައްސަލަތަކުގައި ފުލުހުން ހައްޔަރުކުރާ ފަރާތްތައް އިޖުރާއަތްތަކާއި ޚިލާފަށް ހައްޔަރުކުރާ ކަމަށް ބުނެ ކޯޓުތަކުން އެމީހުން ދަނީ ދޫކުރަމުންނެވެ. ދާދިފަހުން ބޮޑު ޑްރަގު މައްސަލައެއްގައި ހައްޔަރުކުރި އިސް ދެމީހަކުވެސް ކޯޓުން ވަނީ ދޫކޮށްލާފައެވެ. މިފަދަ ބައެއް މައްސަލަ ތަކުގައި އުންސުރު ހަމަނުވެގެން ދައުވާ ނުކުރެވެނީސް ވެސް އެފަދަ ބޮޑެތި ކުށްވެރިން ދޫވަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.
ކިޔުންތެރިންގެ ހިޔާލު