ސަން ސިޔާމް އޮޅުވެލި ރިސޯޓު ކައިރިން ދަތުރުކުރި ލޯންޗަކަށް ރާޅު އެރި ހާދިސާއެއްގައި މީހަކު ނިޔާވެ ކުޑަކުއްޖަކު ގެއްލިއްޖެއެވެ.

މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރި މިލޯންޗަށް ރާޅު އަރާފައިވަނީ އޮޅުވެލި ރިސޯޓް ކައިރީގައި އޮއްވައެވެ. އަދި ރާޅު އެރުމާއި ގުޅިގެން 3 މީހަކު ކަނޑަށް ވެއްޓުނުކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މޫދަށް ވެއްޓުނު 3 މީހުންގެ ތެރެއިން ދިވެހި އަންހެނަކު ވަނީ ނިޔާވެފައެވެ. އަދި އޭނާގެ 4 އަހަރުގެ ފިރިހެން ކުޑަކުއްޖަކު ގެއްލިގެން ދަނީ ހޯދަމުންނެވެ.

ފުލުހުން ވިދާޅުވީ އަންހެން މީހާ ކ.ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ. މިހާދިސާގައި އިތުރު 3 މީހަކަށް ލިބުނު އަނިޔާތަކަށް ވަނީ ގުރައިދޫ ހޮސްޕިޓަލުގައި ފަރުވާދީފައެވެ.

ލޯންޗުގައި 2 ކުޑަކުދިންނާއެކު 12 މީހުން ތިބިކަމަށާއި، އެ ލޯންޗު މިހާރު މާލެ އަތޮޅު ގުރައިދޫއަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު