ރާއްޖޭގެ އެއްވަނަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ ދުނިޔޭގެ އެންމެ ބޮޑު ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތަށް ކޮލިފައިވުމާއި ގުޅިގެން ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ދީމާއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ދީމާ މުބާރާތަށް ކޮލިފައިވުމާ ގުޅިގެން އޭނާއަށް މަރުހަބާ ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ދީމާ މި މުބާރާތުގައި ދިވެހި ރާއްޖެ ތަމްސީލުކޮށް، މި ގައުމު ފަޚުރުވެރިކޮށްދޭނެ ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ.



ޓީޓީ ދުނިޔޭގެ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ސިންގްލަސް ކެޓަގަރީގެ މެއިން ޑްރޯ އަށް ކޮލިފައިވި 24 ކުޅުންތެރިންގެ އެންޓްރީ ލިސްޓުގައި ދީމާގެ ނަން 13 ވަަނައިގައި ވަނީ ހިމަނާފައެެވެ. ދީމާ، ދުނިޔޭގެ މުބާރާތަށް ކޮލިފައިވެފައިވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި އޭނާގެ ކާމިޔާބީ އާއި ދުނިޔޭގެ ރޭންކިންއަށް ބަލައިގެންނެވެ.

ދީމާ ވަނީ މިހާރު އޮމާންގެ މަސްކަޓްގައި ކުރިއަށްދާ އައިޓީޓީއެފް ޔޫތު ކޮންޓެންޑާ މުބާރާތުގައި ވާދަކޮށް 15 އަހަރުން ދަށުގެ ބައިގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ. އެ މުބާރާތުގެ 17 އަހަރުން ދަށުގެ ކެޓަގަރީގައި ވެސް ދީމާ ވާދަކުރިއިރު، ރަނގަޅު ކުޅުމެއް ވަނީ ދައްކާފައެވެ. އުމުރުން އެންމެ 13 އަހަރުގެ ދީމާ އަކީ ވޯލްޑް ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ ކުޅުންތެރިޔާކަން ފާހަގަކޮށްލެވެއެވެ. ވޯލްޑް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ޑިސެމްބަރު މަހު 2 އިން 8 އަށް ޕޯޗުގަލްގައެވެ.



ކިޔުންތެރިންގެ ހިޔާލު