މާލެ-ވިލިމާލެ ފެރީ ދަތުރުތައް މެދުކަނޑާލައިފިއެވެ.
އެމްޓީސީސީން ބުނީ މާލެއާއި ވިލިމާލެއާ ދެމެދު ބާއްވާ ފެރީ ދަތުރުތައް މެދުކަނޑާލީ މޫސުން ގޯސްވުމާއި ގުޅިގެންކަމަށެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އުތުރާއި، މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ.
ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވުމާއި ގުޅިގެން، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މުޅި ރާއްޖެއަށް ރޭ ދަންވަރުން ފެށިގެން ޔެލޯ އެލާޓް ނެރެފައެވެ. މި އެލާޓްގެ ވަގުތު މިހާރު ވަނީ 3 ވަނަ ފަހަރަށް އިތުރުވެސްކޮށްފައެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މިހާރު ކުރާ ވިއްސާރައިގައި ގަޑިއަކު 28 މޭލާއި، 35 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް ވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އެހެންނަމަވެސް މިދުވަސްކޮޅު ރާއްޖޭގެ ބޮޑުބަޔަކަށް އާދަޔާއި ޚިލާފަށް ވައިގަދަވެ، ކަނޑުތައް ގަދަވެފައިވަނީ ރާއްޖެ ހިމެނޭ ސަރަޙައްދުގެ އުތުރާއި ދެކުނުގައި އުފެދިފައިވާ ދެ ސަރކިއުލޭޝަނެއްގެ ސަބަބުންކަމަށް އެ އިދާރާއިން ބުނެއެވެ. އަދި ރާއްޖެ ހިމެނޭ ސަރަޙައްދަށް ވައިމަޑުވާނެކަމަށް ލަފާކުރެވެނީ އަންނަ ހޯމަ ދުވަހުގެ ފަހުންކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.

ކަސްޓަމަރުންގެ ސަމާލުކަމަށް! pic.twitter.com/9IKbTCfj4H
— MTCC Plc (@MTCCPlc) October 16, 2021

ކިޔުންތެރިންގެ ހިޔާލު