ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމަށް މިހާތަނަށް އެޅުނު އެންމެ ބޮޑު ހުރަސް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ޖީއެމްއާރު އަތުން އެއަޕޯޓު އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށެވެ. މިނިސްޓަރު އަމީރު ވިދާޅުވީ އެއާޕޯޓު އަތުލުމުގެ ސަބަބުން އާބިޓްރޭޝަނަށް 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށެވެ. އަދި އެއާޕޯޓް ތަރައްގީ ނުވެއޮތީ ޖީއެމްއާރް އަތުން އެއާޕޯޓް އަތުލުން ކަމަށް އަމީރު ސިފަކުރަށްވާފައި ވެއެވެ.
އެއަޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދެން ސަރުކާރުން ޖެހުނީ ބަޖެޓުން މަޝްރޫއަށް ހޭދަކުރަން ކަމަށް ވެސް އަމީރު ވިދާޅުވެފައި ވެއެވެ. އެކަމަށްޓަކައި އެއް ބިލިއަން ޑޮލަރުގެ ލޯނު ނެގުމުގެ ސަބަބުން ދައުލަތުގެ ދަރަނި އިތުރުވެފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެެވެ. މިނިސްޓަރު ވިދާޅުވީ އެއާޕޯޓް ތަރައްގީކުރަން ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ޖާގަ ދެވިފައިނުވާ ކަމަށެވެ. އަދި 2014 ވަނަ އަހަރު ނިމެން އޮތް އެއަޕޯޓުގެ މަސައްކަތް، ހަތް އަހަރު ވެގެން ދިޔަ އިރުވެސް ނުނިމި، މިދަނީ އެމަސައްކަތް އަދިވެސް ކުރަމުން ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ. ޖީއެމްއާރާއެކު އެއަޕޯޓު ތަރައްގީކޮށް 2014 ގައި އެއާޕޯޓް ނިންމުނު ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެއަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން އަމީރު ވިދާޅުވީ ޖީއެމްއާރްއާއިއެކު ކުރިއަށް ދިޔަނަމަ 2020 ވަނަ އަހަރާ ރާއްޖެ ކުރިމަތިލީހީ ފަސް ބިލިއަން ޑޮލަރުގެ އިގުތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގުތިސާދަކާއެކު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއީ ޓޫރިޒަމް އާމްދަނީއިން ރާއްޖެއަށް ގެއްލިގެން ދިޔަ 13.2 ބިލިއަން ޑޮލަރު ކަމަށާއި، އެއީ އެތައް ބަޔަކަށް ގެއްލިގެން ދިޔަ ވަޒީފާގެ ފުރުސަތުތައް ކަމަށެވެ.
"މިއީއެތައް އާއިލާއަކަށް ގެއްލިގެން ދިޔަ އާމްދަނީ. އެއަޕޯޓު 2014 ވަނަ އަހަރަށް ތަރައްގީކޮށް ނިންމުނު ނަމަ އަޅުގަނޑަށް އަންދާޒާކުރެވޭ ގޮތުގައި 2020 ވަނަ އަހަރާ ރާއްޖެ ކުރިމަތިލީހީ ފަސް ބިލިއަން ޑޮލަރުގެ އިގުތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގުތިސާދަކާއެކު." ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
ވީއައިއޭ ހިންގުމަށް 25 އަހަރަށް ޖީއެމްއާރާ ހަވާލުކޮށްފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެހެންނަމަވެސް ރައީސް ވަހީދު ސަރުކާރުގައި ނޮވެމްބަރު، 27، 2012 ގައި އެ އެއްބަސްވުން ވަނީ ބާތިލްކޮށްފައެވެ.
ޖީއެމްއާރު އެއްބަސްވުމަކީ އުފެދުނު އިރުވެސް ބާތިލް އެއްޗެއް ކަމަށް ބުނެ ވަހީދުގެ ސަރުކާރުން އެއްބަސްވުން އުވާލުމުން ބަދަލެއްގެ ގޮތުގައި 803 މިލިއަން ޑޮލަރު ދައްކަން އެ ކުންފުނިން ވަނީ އެދިފައެވެ. ނަމަވެސް އާބިޓްރޭޝަނުން ވަނީ ބަދަލުގެގޮތުގައި ދިވެހި ސަރުކާރުން ދައްކަންޖެހޭނީ 271 މިލިއަން ޑޮލަރު ކަމަށް ކަނޑައަޅާފައެވެ. އެފައިސާ ދެއްކީ ރައީސް ޔާމިންގެ ސަރުކާރުންނެެވެ. އަދި އެފައިސާ ދެއްކުމަށްފަހު އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ލޯނު ނަގައިގެން ފެށީ ރައީސް ޔާމީންގެ ސަރުކާރުންނެވެ. ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެއާޕޯޓަށް އެންމެ ބޮޑެތި ބޯޓުފަހަރު ޖެއްސޭވަރުގެ ބޮޑު ރަންވޭއެއް އަޅައި އެ ރަންވޭއަށް ދުނިޔޭގައި ދުއްވާ އެންމެ ބޮޑެތި ސައިޒުގެ މަތިންދާ ބޯޓެއްވެސް ޖައްސައި އެކަން ފާހަގަކޮށްފައެވެ. މީގެއިތުރުން އާ ސީ ޕްލޭން ޓާމިނަލެއްވެސް ތަރައްގީކޮށް އޭރުވަނީ ނިމުމަކާ ހަމައަށް ގޮސްފައެވެ. މިނޫންވެސް އެއާޕޯޓް ތަރައްގީ ކުރުމުގެ ގިނަ މަސައްކަތްތަކެއް ވަނީ ކުރީގެ ސަރުކާރުން ފަށާފައެވެ. އަދި އެއާޕޯޓަށް ލިބޭ އާމްދަނީން އެއާޕޯޓްގެ ދަރަނި ދެއްކޭގޮތަށް އެމްއެމްއޭގައި ވަކި އެކައުންޓެއް ހުޅުވާފައިވާ ކަމަށް ވެސް ކުރީގެ ސަރުކާރުން ބުނެފައި ވެއެވެ.
ޑރ. ވަހީދުގެ ސަރުކާރުގައި ޖީއެމްއާރް އެއްބަސްވުން އުވާލި ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކުން ވަނީ ޖީއެމްއާރްއަތުން އެއާޕޯޓު އަތުލުމަށް ގޮވާލައި އެމަސައްކަތް ފަށާފައެވެ. އެމަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އިމްރާން އަބްދުﷲ މިހާރު ހުންނެވީ މިސަރުކާރުގެ ދާޚިލީ ވަޒީރުގެ ގޮތުގައެވެ.
ޖީއެމްއާރު ބޭރުކުރަން އިދިކޮޅުން ނުކުތީ އެއާޕޯޓް ތަރައްގީ ނުކޮށް އެއާޕޯޓަށް ލިބޭ ފައިސާ އެކުންފުނިން ބޭރަށް ގެންދާކަމަށް ބުނެއެވެ. އަދި ގާނޫނާ ޚިލާފަށް އެއަރޕޯޓް ޑިވެލޮޕްމެންޓް ފީ ނެގުމާއި އެއަރޕޯޓު ދީފައިވަނީ ސަރުކާރަށް އެއްވެސް ފައިދާއެއް ނުވާ ގޮތަށް ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށް ބުނެއެވެ. މީގެއިތުރުން ޖީއެމްއާރުން ހުޅުލޭގައި ވިޔަފާރި ހިންގައި އިންޑިއާގެ ކުންފުނިތައް އެތަނަށް ގެނައުމަށް ރާވާފައިވާ ކަމަށްވެސް އިދިކޮޅުން އޭރު ބުނެފައި ވެއެވެ.
ޖީއެމްއާރުން އެއާޕޯޓް ތަރައްގީ ކުރާނެ ކަމަށް އޭރުގެ ސަރުކާރުން ބުނި ނަމަވެސް އާ ރަންވޭއެއް ތަރައްގީ ކުރަން ޖީއެމްއާރުން އެއްބަސްވެފައި ނެތް ކަމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ވަނީ ވިދާޅުވެފައެވެ. ޖީއެމްއާރްގެ އެއްބަސްވުން އުވާލިއިރު އެއްބަސް ވުމުގައިވާ ގޮތަށް އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އެކުންފުންޏަށް ނުލިބޭތީ ޖީއެމްއާރުން ސަރުކާރަށް ކޮށްފައިވާ ބިލްތަކަށް ވެސް އެތައް މިލިއަން ރުފިޔާއެއް އަރައެވެ.

ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލުމަކީ ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމަށް މިހާތަނަށް އެޅުނު އެންމެ ބޮޑު ހުރަސް. pic.twitter.com/y6lIdPVo2I
— Ibrahim Ameer (@iameeru) October 16, 2021

ކިޔުންތެރިންގެ ހިޔާލު