ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ރާއްޖޭގެ މައި އެއާޕޯޓް ކުއްޔަށްދިން އިންޑިއާގެ ޖީއެމްއާރް ކުންފުންޏަކީ އިންޑިއާ ސަރުކާރުން ފޮނުވި އެމީހުންގެ ޕްރޮކްސީއެއް ކަމަށް ވިދާޅުވެ ޖީއެމްއާރު ދިފާއުކުރަށްވަން ފިނޭންސް މިނިސްޓަރ އަމީރު ދެއްކެވި ވާހަކަތަކަށް ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފް ރައްދު ދެއްވައިފިއެވެ.
ސައިރިކްސް ޝަރީފް މިހެން ވިދާޅުވީ ޖީއެމްއާރާއެކު އެއާޕޯޓު ތަރައްގީކޮށް 2014 ގައި އެއާޕޯޓް ނިންމުނު ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެއަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެ ދެއްކެވި ވާހަކަ ތަކާ ގުޅިގެންނެވެ. ޝަރީފް ވިދާޅުވީ ވެލާނާ އެއާޕޯޓް އެންމެ މަތީފެންވަރަށް ތަރައްގީ ކުރި ނަމަވެސް ބެޑް ކެޕޭސިޓީ އިތުރުނުކޮށް މާކެޓް ނުކޮށް 7 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ނުގެނެވޭނެ ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިމާވެފައިވާ މައްސަލައަކީ އިންވެސްޓް ކުރެވޭ އަދަދު ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ އެޕްރޮކްސީގެ ދަށުން މިއަދު ޖީއެމްއާރުގެ ކޮންޓްރޯލްގެ ދަށުގައި ހުޅުލެ އޮތްނަމަ މާލޭގައި މިއޮތް ވިޔަފާރި އެތަނަށް ބަދަލުކޮށް، މުޅިރާއްޖޭގެ އިގްތިސާދު ހިފަހައްޓާ ޓޫރިޒަމް އިންޑަސްޓްރީގެ ނިގޫ އޮންނާނީ ފިއްތާލާފައި ކަމަށެވެ.
ޝަރީފު އިތުރަށް ވިދާޅުވީ ރާއްޖޭގެ ވައިގެ މައިދޮރޯށި ވިއްކާލުމުން، މުޅިޓޫރިޒަމް އިންޑަސްޓްރީއަށް އޭގެ އަސަރު ކުރަންފެށި ކަމަށެވެ. އެގޮތުން ފިއުލް އަގުބޮޑު ކުރުމާއި، ލޭންޑިން ފީ ބޮޑުކުރުމުގެ ސަބަބުން ބައެއް އެއާލައިންތައް ރާއްޖެއަށް އައުން ހުއްޓާލި ކަމުގައި ވެސް ޝަރީފު ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ދިވެހިންގެ އެތަކެއް ވަޒީފާއެއް ގެއްލިގެންދިޔަ ކަމުގައި ވެސް ޓޫރިޒަމް ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެވި ޝަރީފް ވިދާޅުވިއެވެ.
"އެޕްރޮކްސީގެ ދަށުން މިއަދު ޖީއެމްއާރުގެ ކޮންޓްރޯލްގެ ދަށުގައި ހުޅުލެ އޮތްނަމަ މާލޭގައި މިއޮތް ވިޔަފާރި އެތަނަށް ބަދަލުކޮށް، މުޅިރާއްޖޭގެ އިގްތިސާދު ހިފަހައްޓާ ޓޫރިޒަމް އިންޑަސްޓްރީގެ ނިގޫ އޮންނާނީ ފިއްތާލާފައި" ޝަރީފް ވިދާޅުވިއެވެ.
ޖީއެމްއާރް އަތުން އެއާޕޯޓް އަތުލުމުން ދައްކަން ޖެހުނު ފައިސާއަކީ ބޮޑު ގެއްލުމެއް ކަމަށް އަމީރު ވިދާޅުވެފައިވާ ވާހަކައާއި ގުޅިގެން ޝަރީފް ވިދާޅުވީ ޖީއެމްއާރަށް 270 މިލިއަން ޑޮލަރު ދައްކަން ޖެހުނީ، ޖީއެމްއާރު ކޮޅަށް ވަކާލާތުކޮށް ޖީއެމްއާރަށް ހިއްވަރުދީ، ޖީއެމްއާރަށް ގައިޑުކޮށްދިން ދިވެހިންތަކެއް އެއިރު އިދުކޮޅުގައިތިބެގެން އެކަން ކުރުވުމުގެ ސަބަބުން ކަމަށެވެ.
"ޖީއެމްއާރަށް 270 މިލިއަން ޑޮލަރު ދައްކަން ޖެހުނީ، ޖީއެމްއާރު ކޮޅަށް ވަކާލާތުކޮށް ޖީއެމްއާރަށް ހިއްވަރުދީ، ޖީއެމްއާރަށް ގައިޑުކޮށްދިން ދިވެހިންތަކެއް އެއިރު އިދުކޮޅުގައިތިބެގެން އެކަން ކުރުވުމުގެ ސަބަބުން." ޝަރީފް ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ ޖީއެމް އާރުން އެއާޕޯޓް ތަރައްގީ ކުރަން ނިންމާފައި އޮތީ އެއާޕޯޓަށް އެއިރު ލިބެމުންދިޔަ އާމްދަނީއާއި، ގާނޫނަކުން ފާސްކޮށްގެން ނަގަން މަޖުބޫރުކުރި އެއާޕޯޓް ސާވިސްޗާޖު ދައްކައިގެން ދައުލަތުގެ ގެރެންޓީ ދީގެން ލޯނެއްގެ ދަށުން ކަމަށެވެ. އަދި ޖީއެމްއާރުން އެއާޕޯޓް ތަރައްގީ ކުރަން އުޅުނީ ޖީއެމް އާރުގެ ފައިސާއަކުންނޫން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
"މައްސަލައަކީ އިންވެސްޓް ކުރެވޭ އަދަދެއް ނޫން، ރަންވޭއަކާއި އޭޕްރަންގެ ޕާކިން މައްސަލަ އާއި ސާރވިސްގެ މައްސަލަ." އެއާޕޯޓްގައި މިވަގުތު ހުރި ބޮޑެތި މައްސަލަތައް ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވީ ޖީއެމްއާރު އަތުން އެއަޕޯޓު އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށެވެ. މިނިސްޓަރު އަމީރު ވިދާޅުވީ އެއާޕޯޓު އަތުލުމުގެ ސަބަބުން އާބިޓްރޭޝަނަށް 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށެވެ. އެއަޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދެން ސަރުކާރުން ޖެހުނީ ބަޖެޓުން މަޝްރޫއަށް ހޭދަކުރަން ކަމަށް ވެސް އަމީރު ވިދާޅުވިއެެވެ. އެކަމަށްޓަކައި އެއް ބިލިއަން ޑޮލަރުގެ ލޯނު ނެގުމުގެ ސަބަބުން ދައުލަތުގެ ދަރަނި އިތުރުވެފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެެވެ.
މިނިސްޓަރު ވިދާޅުވީ އެއާޕޯޓް ތަރައްގީކުރަން ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ޖާގަ ދެވިފައިނުވާ ކަމަށެވެ. އަދި 2014 ވަނަ އަހަރު ނިމެން އޮތް އެއަޕޯޓުގެ މަސައްކަތް، ހަތް އަހަރު ވެގެން ދިޔަ އިރުވެސް ނުނިމި، މިދަނީ އެމަސައްކަތް އަދިވެސް ކުރަމުން ކަމަށް މާލީ ވަޒީރު އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން އަމީރު ވިދާޅުވީ ޖީއެމްއާރްއާއިއެކު ކުރިއަށް ދިޔަނަމަ 2020 ވަނަ އަހަރާ ރާއްޖެ ކުރިމަތިލީހީ ފަސް ބިލިއަން ޑޮލަރުގެ އިގުތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގުތިސާދަކާއެކު ކަމަށެވެ. އަދި މިއީ ޓޫރިޒަމް އާމްދަނީއިން ރާއްޖެއަށް ގެއްލިގެން ދިޔަ 13.2 ބިލިއަން ޑޮލަރު ކަމަށް އަމީރު ވިދާޅުވިއެވެ.

އެއާޕޯޓު އެންމެ މަތީފެންވަރަށް ހެދުނަސް 7 މިލިއަން ޓޫރިސްޓުން އަދި ނުގެނެވޭނެ އެވަރަށް ރާއްޖޭގެ ބެޑުކެޕޭސިޓީ އިތުރުނުކޮށް، އަދި މާކެޓުނުކުރެވި. އެއާޕޯޓަށް ދިމާވެފައި އޮތް މައްސަލައަކީ އިންވެސްޓުކުރެވޭ އަދަދެއްނޫން، ރަންވޭއާއެކު އޭޕްރަންގެ ޕާކިންގެ މައްސަލައާއި ސާވިސްގެ މައްސަލަ
— Shareef (@shar_f) October 16, 2021
"މައްސަލައަކީ އިންވެސްޓް ކުރެވޭ އަދަދެއް ނޫން، ރަންވޭއަކާއި އޭޕްރަންގެ ޕާކިން މައްސަލަ އާއި ސާރވިސްގެ މައްސަލަ." އެއާޕޯޓްގައި މިވަގުތު ހުރި ބޮޑެތި މައްސަލަތައް ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވީ ޖީއެމްއާރު އަތުން އެއަޕޯޓު އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށެވެ. މިނިސްޓަރު އަމީރު ވިދާޅުވީ އެއާޕޯޓު އަތުލުމުގެ ސަބަބުން އާބިޓްރޭޝަނަށް 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށެވެ. އެއަޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދެން ސަރުކާރުން ޖެހުނީ ބަޖެޓުން މަޝްރޫއަށް ހޭދަކުރަން ކަމަށް ވެސް އަމީރު ވިދާޅުވިއެެވެ. އެކަމަށްޓަކައި އެއް ބިލިއަން ޑޮލަރުގެ ލޯނު ނެގުމުގެ ސަބަބުން ދައުލަތުގެ ދަރަނި އިތުރުވެފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެެވެ.
މިނިސްޓަރު ވިދާޅުވީ އެއާޕޯޓް ތަރައްގީކުރަން ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ޖާގަ ދެވިފައިނުވާ ކަމަށެވެ. އަދި 2014 ވަނަ އަހަރު ނިމެން އޮތް އެއަޕޯޓުގެ މަސައްކަތް، ހަތް އަހަރު ވެގެން ދިޔަ އިރުވެސް ނުނިމި، މިދަނީ އެމަސައްކަތް އަދިވެސް ކުރަމުން ކަމަށް މާލީ ވަޒީރު އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން އަމީރު ވިދާޅުވީ ޖީއެމްއާރްއާއިއެކު ކުރިއަށް ދިޔަނަމަ 2020 ވަނަ އަހަރާ ރާއްޖެ ކުރިމަތިލީހީ ފަސް ބިލިއަން ޑޮލަރުގެ އިގުތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގުތިސާދަކާއެކު ކަމަށެވެ. އަދި މިއީ ޓޫރިޒަމް އާމްދަނީއިން ރާއްޖެއަށް ގެއްލިގެން ދިޔަ 13.2 ބިލިއަން ޑޮލަރު ކަމަށް އަމީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު