އިއްޔެ ހަވީރު ކަނޑު މަތީ ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ އާއިލާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު ވިދާޅުވީ ނާހިދާގެ މަރުގެ ހަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމަޔާއި އެކުގައި ކަމަށެއެވެ. އަދި ނާހިދާގެ ފުރާނައަށް ހެޔޮ ރަހުމަތްލެއްވުން އެދި އެމަނިކުފާނު ވަނީ ދުއާ ކުރައްވާފައެވެ.
އޭގެ އިތުރުން އެ ހާދިސާގައި ކަނޑުވެ ގެއްލުނު ނާހިދާގެ ކުޑަ ފިރިހެން ދަރިފުޅަށް ހެޔޮގޮތް މިންވަރު ކޮށްދެއްވުމަށް ﷲގެ ހަޞްރަތުގައި ދުއާ ދަންނަވައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް ރައީސް ޞާލިހު އެދިވަޑައިގެންފައި ވެއެވެ.
ރައީސް ސާލިހުގެ އިތުރުން ކުރީގެ ރައީސް، އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވެސް ވަނީ ނާހިދާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެެ.
ރައީސް މައުމޫން ވަނީ ނާހިދާގެ ފުރާނައަށް ހެއުރަހުމަތް ލެއްވުމަށާއި ގެއްލުނު ކުޑަކުއްޖާ ހެޔޮ ހާލުގައި ހުއްޓާ ފެނުމަށް މާތް ﷲ ހަޝުރަތުގައި ދުއާ ދަންނަވާފައެވެ.
ވ. ފުލިދޫއިން މާފުއްޓަށް ދަތުރު ކުރި ލޯންޗުގައި ތިބި މީހުން ކަނޑުވީ ލޯންޗަށް ޖެހި ރާޅަކާއެކު ވިއްސައިގެން ގޮސް ކަނޑަށް ވެއްޓިގެންނެވެ. އެހާދިސާގައި ކަނޑުވީ ނާހިދާއާއި އޭނާގެ ދެ ދަރީންނެވެ. އޭގެތެރެއިން އެއް ކުއްޖަކު ސަލާމާތުން ވަނީ ފެނިފައެވެ. ހޮނިހިރު ދުވަހު ހަވީރު 17:10 ހާއިރު ހިނގި އެ ހިތާމަވެރި ހާދިސާގައި ގެއްލުނު ހަތަރު އަހަރުގެ ކުއްޖާ ހޯދުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ.

މިއަދު ހަވީރު ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ މަރުގެ ޚަބަރު އަޅުގަނޑު އެހީ ނުހަނު ފުން ހިތާމައާ އެކުގަ. ނާހިދާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި ގެއްލުނު ކުޑަ ދަރިފުޅަށް ހެޔޮގޮތް މިންވަރު ކުރެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.
— Ibrahim Mohamed Solih (@ibusolih) October 16, 2021
ރައީސް މައުމޫން ވަނީ ނާހިދާގެ ފުރާނައަށް ހެއުރަހުމަތް ލެއްވުމަށާއި ގެއްލުނު ކުޑަކުއްޖާ ހެޔޮ ހާލުގައި ހުއްޓާ ފެނުމަށް މާތް ﷲ ހަޝުރަތުގައި ދުއާ ދަންނަވާފައެވެ.
މިއަދު ހިނގި ހިތާމަވެރި ކަނޑުގެ ޙާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ ފުރާނައަށް މާތް ﷲ ހެޔޮރަޙްމަތް ލައްވާށި! އަދި ގެއްލުނު ލޯބި ލޯބި ކުޑަކުއްޖާ ހެޔޮޙާލުގައި ހުއްޓާ ފެނުމުގެ އުފާ ޤައުމަށް މިންވަރު ކުރައްވާށި! އާމީން!
— Maumoon Abdul Gayoom (@maumoonagayoom) October 16, 2021
ވ. ފުލިދޫއިން މާފުއްޓަށް ދަތުރު ކުރި ލޯންޗުގައި ތިބި މީހުން ކަނޑުވީ ލޯންޗަށް ޖެހި ރާޅަކާއެކު ވިއްސައިގެން ގޮސް ކަނޑަށް ވެއްޓިގެންނެވެ. އެހާދިސާގައި ކަނޑުވީ ނާހިދާއާއި އޭނާގެ ދެ ދަރީންނެވެ. އޭގެތެރެއިން އެއް ކުއްޖަކު ސަލާމާތުން ވަނީ ފެނިފައެވެ. ހޮނިހިރު ދުވަހު ހަވީރު 17:10 ހާއިރު ހިނގި އެ ހިތާމަވެރި ހާދިސާގައި ގެއްލުނު ހަތަރު އަހަރުގެ ކުއްޖާ ހޯދުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު