ސަން ސިޔާމް އޮޅުވެލި ރިސޯޓު ކައިރިން ދަތުރުކުރި ލޯންޗަކަށް ރާޅު އަރައި ހިނގި ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.
ނާހިދާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ކޯސްޓް ގާޑުގެ އެހީތެރިކަމާއިއެކު މިއަދު ހެނދުނު 7:30 ހާއިރުއެވެ. އިއްޔެގެ ހާދިސާގައި ނާހިދާގެ 4 އަހަރުގެ ދަރިފުޅުވެސް ވަނީ ކަނޑަށް ގެއްލިފައެވެ. އެކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓް ގާޑުންދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.
12 މީހުންނާއި 2 ކުޑަކުދިންނާއެކު މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރި ލޯންޗަށް ރާޅު އަރާފައިވަނީ އޮޅުވެލި ރިސޯޓް ކައިރީގައި އޮއްވައެވެ. އަދި ރާޅު އެރުމާއި ގުޅިގެން 3 މީހަކު މޫދަށް ވެއްޓުނުކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނަކާއި އޭނާގެ 2 ކުދިންކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. މީގެއިތުރުން އެ ލޯންޗުން ދަތުރުކުރި އިތުރު 3 މީހަކަށްވެސް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

ކ.އޮޅުވެލި ރިސޯޓް ކައިރީގައި ރޭ ހިނގި ހާދިސާގައި ނިޔާވި އަންހެން މީހާ، މާލެ ގެނެސްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި. ހަށިގަނޑު މާލެ ގެނެވުނީ މިއަދު ހެނދުނު 07:30 ހާއިރު. pic.twitter.com/qd5huFUNB7
— Maldives National Defence Force (@MNDF_Official) October 17, 2021
12 މީހުންނާއި 2 ކުޑަކުދިންނާއެކު މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރި ލޯންޗަށް ރާޅު އަރާފައިވަނީ އޮޅުވެލި ރިސޯޓް ކައިރީގައި އޮއްވައެވެ. އަދި ރާޅު އެރުމާއި ގުޅިގެން 3 މީހަކު މޫދަށް ވެއްޓުނުކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނަކާއި އޭނާގެ 2 ކުދިންކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. މީގެއިތުރުން އެ ލޯންޗުން ދަތުރުކުރި އިތުރު 3 މީހަކަށްވެސް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.
ކިޔުންތެރިންގެ ހިޔާލު