ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް ވައިގަދަވެ، މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ، ރާއްޖޭގެ އުތުރާއި، މެދުރާއްޖެތެރޭ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ބުނެފައި ވެއެވެ.
ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވުމާއި ގުޅިގެން، މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ 2 އެލާޓެއްވެސް ނެރެފައެވެ. އެގޮތުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް މިއަދު ހެނދުނު 7:30 އިން ހަވީރު 4:30 އާއި ހަމައަށް ޔެލޯ އެލާޓް ނެރެފައިވާއިރު، ނ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ހެނދުނު 8:30 އިން ހަވީރު 4:30 ހަމައަށް ވައިޓް އެލާޓް ވަނީ ނެރެފައެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެހެންނަމަވެސް މިދުވަސްކޮޅު ރާއްޖޭގެ ބޮޑުބަޔަކަށް އާދަޔާއި ޚިލާފަށް ވައިގަދަވެ، ކަނޑުތައް ގަދަވެފައިވަނީ ރާއްޖެ ހިމެނޭ ސަރަޙައްދުގެ އުތުރާއި ދެކުނުގައި އުފެދިފައިވާ 2 ސަރކިއުލޭޝަނެއްގެ ސަބަބުންކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އަދި ރާއްޖެ ހިމެނޭ ސަރަޙައްދަށް ވައިމަޑުވާނެކަމަށް ލަފާކުރެވެނީ އަންނަ ހޯމަ ދުވަހުގެ ފަހުންކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.
ރާއްޖޭގެ މޫސުން މިދުވަސްކޮޅު ގޯސްވެފައިވާއިރު، ދަތުރުކުރައްވާ ފަރާތްތަކުން ރައްކާތެރިވުމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

Alert Yellow for strong winds of 25 – 30 mph and gusts of 50 mph with rough seas. pic.twitter.com/JLX7UnjWv5
— Maldives Meteorology (@MetMaldives) October 17, 2021
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެހެންނަމަވެސް މިދުވަސްކޮޅު ރާއްޖޭގެ ބޮޑުބަޔަކަށް އާދަޔާއި ޚިލާފަށް ވައިގަދަވެ، ކަނޑުތައް ގަދަވެފައިވަނީ ރާއްޖެ ހިމެނޭ ސަރަޙައްދުގެ އުތުރާއި ދެކުނުގައި އުފެދިފައިވާ 2 ސަރކިއުލޭޝަނެއްގެ ސަބަބުންކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އަދި ރާއްޖެ ހިމެނޭ ސަރަޙައްދަށް ވައިމަޑުވާނެކަމަށް ލަފާކުރެވެނީ އަންނަ ހޯމަ ދުވަހުގެ ފަހުންކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.
ރާއްޖޭގެ މޫސުން މިދުވަސްކޮޅު ގޯސްވެފައިވާއިރު، ދަތުރުކުރައްވާ ފަރާތްތަކުން ރައްކާތެރިވުމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު