އެއަރޕޯޓް މައްސަލައިގައި ވިސްނަންޖެހޭނީ ހަމައެކަނި އިގްތިޞާދީ ނަޒަރަކުން ނޫންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް އޯގަނައިޒޭޝަން ފޯރ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޑރ. ޝަހީމް މިހެން ވިދާޅުވީ، ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަކީ ބޮޑު ގޯހެއްކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރ ވާހަކަދައްކާފައިވާ ދަނޑިވަޅެއްގައެވެ.
އިދިކޮޅުގެ އެޑްވައިޒަރ ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ މައި ދޮރާށި ކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭރު ބައެއްގެ އަތުން އަތުލުމަކީ ރާއްޖޭގެ އިގްތިސާދީ މިނިވަންކަމާއި ގައުމީ ސަލާމަތުގެ ނަޒަރުން ވިސްނާއިރު އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށް އިޝާރާތްކުރައްވާ ޝަހީމް ވިދާޅުވީ މިފަދަ ކަންކަމާމެދު ވާހަކަދައްކާއިރު ވިސްނަންޖެހޭނީ ހަމައެކަނި އިގްތިސާދީ ނަޒަރަކުން ނޫންކަމަށާއި އެއަށްވުރެ ފުޅާކޮށް ވިސްނަން ޖެހޭނެ ކަމަށެވެ.
Raajjeyge mai dhoraashi beyru bayaey ge athun athulumaki Raajjeyge Iqthisaadhi minivankamaai Qaumee salaamathuge nazarun visnaa iru elhunu varah harudhanaa fiyavalheh. Thiyafadha Kankamaa medhu visnan jeheynee hama ekani iqthisaadhi nazarakun noon. Eyah vure fulhaakoh.
@iameeru
ޑރ ޝަހީމަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އަނބުރާ ދިވެހިންނަށް ހޯދުމަށް ކުރި މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެގޮތުން އޭރު އެއަރޕޯޓް ވިއްކާލުމާއި ދެކޮޅަށް ބޭއްވި އެއްވުންތަކާއި މުޒާހަރާތަކުގެ އިސް ސަފުގައި ޑރ. ޝަހީމް ހަރަކާތްތެރިވެވަޑައިގެންނެވިއެވެ.
އެއަރޕޯޓް އަތުލުމަކީ ކުރީގެ ސަރުކާރުން ހިންގި ޖަރީމާއެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރ ސިފަ ކުރެއްވި ހިސާބުން ގިނަ ބަޔަކު ދަނީ އަމީރަށް ފާޑު ކިޔަމުންނެވެ. އަދި ފިނޭންސް މިނިސްޓަރގެ ވިސްނުންފުޅު ވަރަށް ކޮށިކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ނަމަވެސް އެއަރޕޯޓް ޖީއެމްއާރަށް ދިންއިރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ފިނޭންސް މިނިސްޓަރ ދެއްކެވި ވާހަކަފުޅަށް ތައުރީފް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު