އަމީނީ މަގުގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެއެވެ.
މި ހާދިސާގައި ރެހެންދި ފްލެޓް ކުރިމަތިން ކަހަލަގޮތަކަށް ސީގަލް ފިހާރަ ކައިރީގައި ހުރި އެ އިމާރާތުގައި ވަރަށް ބޮޑަށް އަލިފާން ރޯވިއެވެ. އަދި އެސަރަހައްދުން ވަރަށް ބޮޑަށް ދުންވެސް އެރިއެވެ.
އެމްއެންޑީއެފުން ބުނީ އަމީނީމަގު ސީގަލް ފިހާރައާއި އިންވެގެން ހުރި އިމާރާތުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ހާދިސާގެ ރިޕޯރޓް ލިބިފައިވަނީ މިއަދު 11:51 ހާއިރުކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިވަގުތު އަމީނީމަގު ސީގަލް ފިހާރަ ސަރަހައްދުގައި ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް އިލްތިމާސްކޮށްފައެވެ.
އެމްއެންޑީއެފުން ވަނީ އަލިފާން ރޯވިތާ މާގިނައިރުތަކެއް ނުވަނީސް އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ.

އަމީނީމަގު ސީގަލް ފިހާރަ އިންވެގެން ހުރި އިމާރާތުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން. ހާދިސާގެ ރިޕޯރޓް އެފްއާރްއެސް އަށް ލިބިފައިވަނީ މިއަދު 11:51 ހާއިރު. pic.twitter.com/plRR1fs6An
— Maldives National Defence Force (@MNDF_Official) October 17, 2021
އެމްއެންޑީއެފުން ބުނީ އަމީނީމަގު ސީގަލް ފިހާރައާއި އިންވެގެން ހުރި އިމާރާތުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ހާދިސާގެ ރިޕޯރޓް ލިބިފައިވަނީ މިއަދު 11:51 ހާއިރުކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިވަގުތު އަމީނީމަގު ސީގަލް ފިހާރަ ސަރަހައްދުގައި ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް އިލްތިމާސްކޮށްފައެވެ.
🚨 މިވަގުތު އަމީނީމަގު ސީގަލް ފިހާރަ ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް އިލްތިމާސްކުރަން
— Health Protection Agency (@HPA_MV) October 17, 2021
އެމްއެންޑީއެފުން ވަނީ އަލިފާން ރޯވިތާ މާގިނައިރުތަކެއް ނުވަނީސް އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު