ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލްފައްތާހު އަބްދުލްގަފޫރާއި ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހެޅި ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީއަށް ފައްތާހާ ގުޅޭގޮތުން ހުށަހެޅުނު މައްސަލައަކީ ބަންދުގެ މުއްދަތާ މެދު ގޮތް ނިންމުމުގައި ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.



މިމައްސަލަ ބެއްލެވުމަށް ޖޭއެސްސީން ނިންމެވީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. އަދި އެމައްސަލަ ބަލަން ތަހުގީގު ކޮމިޓީއެއްވެސް އެކުލަވައިލިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި މިއަދު ބުނީ ފައްތާހާއި ގުޅޭގޮތުން ތަހުގީގުކުރި މައްސަލަ ސާބިތުނުވާ ކަމަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ 74 ވަނަ ބައްދަލުވުމުގައި ކޮމިޓީގެ އަގުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ.

މި މައްސަލަ ޖޭއެސްސީން ނިންމުމަށް އަހަރެއްހާ ދުވަސް ހޭދަކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު