ސަން ސިޔާމް އޮޅުވެލި ރިސޯޓު ކައިރިން އިއްޔެ ދަތުރުކުރި ލޯންޗަކަށް ރާޅުއަރައި ހިނގި ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ ޖަނާޒާ މިއަދު އަޞްރު ނަމާދަށްފަހު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
އިއްޔެ ހިނގި ކަނޑުމަތީގެ ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ ހަށިގަނޑު މިއަދު ހެނދުނު 7:30 ގައި ކޯސްޓް ގާޑުގެ އެހީތެރިކަމާއެކު ވަނީ މާލެ ގެނެސްފައެވެ. އެގޮތުން މިކަމާ ގުޅިގެން ފުލުހުން ބުނީ މި ހާދިސާއަށްފަހު ކ. ގުރައިދޫ ސިއްހީ މަރުކަޒަށް ނާހިދާ ގެންދިޔައިރުވެސް ވަނީ ނިޔާވެފައިކަމަށެވެ.
އުމުރުން 33 އަހަރުގެ މަރިޔަމް ނާހިދާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މަސްޖިދު ތަޢާވުން، އާސަހަރާ މިސްކިތުގައެވެ.
މަރިޔަމް ނާހިދާގެ 4 އަހަރުގެ ދަރިފުޅުވެސް ވަނީ އިއްޔެ ހިނގި މި ހިތާމަވެރި ހާދިސާގައި ކަނޑަށް ގެއްލިފައެވެ. އަދި އެ ތުއްތު ކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ. އެގޮތުން އެމްއެންޑީއެފުން ބުނީ އެ ތުއްތު ކުއްޖާ ހޯދުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 10 ކިލޯ މީޓަރުގެ ސަރަޙައްދެއް ބަލާފައިވާކަަމަށެވެ.
ވ. އަތޮޅަށް ދަތުރުކުރި މި ލޯންޗަށް ރާޅު އެރިއިރު އެ ލޯންޗުގައި 12 މީހުންނާއި 2 ކުޑަކުދިން ތިއްބެވެ. އަދި ރާޅު އެރުމާގުޅިގެން 3 މީހަކު މޫދަށް ވެއްޓުނުކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނާހިދާއާއި އޭނާގެ 2 ކުދިންނެވެ.

ކިޔުންތެރިންގެ ހިޔާލު