އައްޑޫސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ.
ރޭ ދަންވަރު އައްޑޫ ސިޓީ ހިތަދޫގައި ހިނގި މި ހާދިސާގައި ނިޔާވީ ޢުމުރުން 24 އަހަރުގެ ޒުވާނެކެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކައްސާލައިގެންގޮސް މަގުގެ އެއްފަރާތުގައި ހުރި ފާރެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓު ހިނގި ވަގުތު ސައިކްލުގައި އިނީ މި ޒުވާނާ އެކަންޏެވެ.
އެކްސިޑެންޓުގައި ޒުވާނާގެ ބޮލަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ. ބޮލަށްވީ އަނިޔާގެ އިތުރުން މި ޒުވާނާއަށް ވަނީ ގިނަ ޒަހަމްތަކެއް ލިބިފައެވެ.
މިކަމާ ގުޅިގެން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ އެ ޒުވާނާ ހޮސްޕޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައިކަމަށެވެ.
މާލެ ފިޔަވައި ދެން އެންމެ ގިނަ އެއްގަމު އުޅަނދު އެތެރެކޮށް ބޭނުންކުރަމުންދަނީ އައްޑޫސިޓީގައެވެ. އަދި އައްޑޫސިޓީގައި މިފަދަ ގިނަ، ބޮޑެތި އެކްސިޑެންޓުތައް ކުރިން ވެސް ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު