އިއްޒުއްދީން ފާލަމާ ދިމާ، ވަޅޯމަސް މާރުކޭޓު ކައިރީގައި މަސް ބާނަން ހުރި މީހަކު ގަދަވަޔާއެކު މޫދަށް ވެއްޓި ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އިއްޒުއްދީން ފާލަމާ ދިމާ ތޮށިމަތީގައި މަސްބާނަން ހުރި މީހަކު މޫދަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 6:05ގައި ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ ފަހުން އޭނާ މަރުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުުހުން ބުނެ އެވެ.
ފުލުހުން ބުނީ މަރުވެފައި ވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މިހާގެ ހަށިގަނޑު މިހާރު އައިޖީއެމްއެޗުގައި ބާއްވާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި އެމީހާ މޫދަށް ވެއްޓުނީ މަސްބާނަން ހުއްޓާ ގަދަ ވަޔާއެކު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މަސްބާނަން ހުއްޓާ މޫދަށް ވެއްޓުނު އެމީހާ މޫދުން ނެގި އިރުވެސް އެއްވެސް ހަރަކާތެއް ނެތެވެ. އަދި އެމީހާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް ގިނަ އަދަދެއްގެ ލޭ ފޭބި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެއެވެ.
އެމީހާ މަސް ބާނަން ހުރީ ވަޅޯ މަސް މާރުކޭޓު ސަރަހައްދުން ބޭރުތޮށި މަތީ ނެރު ބައްތި ކައިރީގައެވެ. އެތަނަކީ އާންމުކޮށް މީހުން މަސް ބާނަން ގޮސްއުޅޭ ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު