ގދ. ތިނަދޫގައި ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ 3 މަހުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެއެެވެ.
ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ނިޔާވެފައިވަނީ ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ފިރިހެން ކުއްޖެއް ކަމަށެވެ.
ތިނަދޫ ތުއްތު ކުއްޖާގެ މަރާއެކު ރާއްޖޭގައި ކޮވިޑް-19 ބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 239އަށް އަރައިފައެެވެ.
ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 3،210 ސާމްޕަލްގެ ތެރެއިން 77 މީހަކު ކޮވިޑް-19އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މުޅި ރާއްޖޭގައި މިވަގުތު ބަލި ޖެހިފައި ތިބީ 1،287 މީހުންނެެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު ވެސް އިއްޔެ ވަނީ ނިޔާވެފައެވެ.
މި ބަލީގައި 12 މީހަކަށް ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން މިހާރުވެސް ފަރުވާދެމުން އަންނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު