އަހުމަދު މަސްނޫމް   18 އޮކްޓޯބަރު 2021 - 16:15
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީީގެ ރައީސް، މުހައްމަދު ނަޝީދުގެ ރުހުން ހޯދަންކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވެފައި މިވަނީ އިންޑިއާގެ ޖީއެމްއާރު އަތުން ވެލާނާ އެއަރޕޯޓު އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގި އެންމެ ބޮޑު ޖަރީމާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

ޑރ. ޖަމީލު ވިދާޅުވީ ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ ފަހުގެ ތާރީޚެއްގައި ވެރިޔަކު ހިންގި ޤައުމަށް އެންމެ ގެއްލުން ބޮޑު އެއް ޢަމަލުކަމަށެެވެ. އަދި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އުޅުއްވަނީ ރައީސް ނަޝީދުގެ ރުހުން ހޯއްދެވުމަށްކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ. ނަމަވެސް ފިނޭންސް މިނިސްޓަރ ރައީސް ނަޝީދުގެ ރުުހުން ހޯއްދަވަންވާނީ އެމަނިކުފާނުގެ އުނގަށް ވެއްޓިގެން ނޫންަކަމަށް ޖަމީލު ވިދާޅުވިއެވެ.

"ބަލަންވީ 2 ހައުސިން އެލަވަންސް ނަގަމުން ހޮޓެލް ޖެންގައި ބެހެއްޓުން ފަދަ އިސްރާފު ހުއްޓުވައި އަމިއްލައަށް އަމިއްލަ ކަންކަން ކުރެވޭތޯ. ނޫނީ ވާހަކަ ގިނަ ނުކޮށް އިސްތިއުފާ ދެއްވާ." ޖަމީލު ވިދާޅުވިއެވެ.



ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަކީ އިޤްތިޞާދަށް ދިން ބޮޑު ގެއްލުމެއްކަން ސިފަކުރަށްވައި ފިނޭންސް މިނިސްޓަރ ވިދާޅުވީ އެއަރޕޯޓު އަތުލުމުގެ ސަބަބުން ރާއްޖެއިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނުކަމަށެވެ. އަދި އެއަރޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް އޭރުގެ ސަރުކާރަށް ދެން ޖެހުނީ ބަޖެޓުން އެއަރޕޯޓް މަޝްރޫއަށް ފައިނޭންސް ކުރަންކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން މި ސަރުކާރުން މަސައްކަތްކުރަމުންދަނީ ޖީއެމްއާރަށް އަލުން އެއަރޕޯޓް ދޭންކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އެއްވެސް ވާހަކައެއް ސަރުކާރުން ނުދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު