އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ތަޖުރިބާކާރު ޤާބިލް ބޭފުޅަކު ބޭނުންވާކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މެމްބަރު ނިހާދު މިހެން ވިދާޅުވެފައި މިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމުގައި ހުންނެވި ޑރ. މުހައްމަދު ސާލިހާ ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކެއް ބަޔަކު ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޑރ. މުހައްމަދު ސާލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ މެމްބަރު ނިހާދު ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުން އެދެނީ ހޮސްޕިޓަލަށް އަވަސް ބަދަލެއްކަމަށެވެ. އަދި އޭއީއެޗްގެ ފެންވަރު ރަނގަޅުކުރަން ބޭނުންނަމަ މީހުންނާއި ގުޅޭ، މުވައްޒަފުން ގެންގުޅެން ދަންނަ، ކަމުގެ ތަޖުރިބާ ހުރި މީހަކު އަވަހަށް އައްޔަންކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"ކިބުރުވެރިކަމާއި ބޮޑާކަމަކީ މީހާގެ ހަލާކު. އިތުރު ބަޔަކު މަރުވާކަށް ނޭދެން." ނިހާދު ވިދާޅުވިއެވެ.



މިދިޔައަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވްގެ މަޤާމަށް އައްޔަންކުރި ޑރ. ސޯލިހަކީ އައިޖީއެމް ހޮސްޕިޓަލް އަދި މެޑިކާ ހޮސްޕިޓަލް ހިންގެވުމުގައިވެސް އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ. އެއާއެކު އައިޖީއެމް ހޮސްޕިޓަލުގައި ސާޖަންއެއްގެ ގޮތުގައި، އަދި މެޑިކާ ހޮސްޕިޓަލުގައި ޗީފް ސާޖަންގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ޑރ. ޞާލިހު ވަނީ މަސައްކަތް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު