ވަޒީރެއްގެ ބެލުމުގެ ދަށުން ނޫންް ގޮތަކަށް ފުލުހުންގެ ހިދުމަތް ނުހިންގޭނެކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި އެކަން އެވުޒާރާއަށް އެންގެވުމާއި ގުޅިގެނެވެ.
ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކުރިކަން އަންގާފައިވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲއަށް ފޮނުއްވި ސިޓީއެއްގައެވެ.
މިމަހުގެ 14 ވަނަ ދުވަހު ފޮނުއްވި އެ ސިޓީގައި ބުނެފައިވަނީ ފުލުހުންގެ އާ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން އުޝާމް ވިދާޅުވީ ފުލުހުންގެ ހިދުމަތް މިހާރު ހިންގަނީ ވަޒީރުންގެ މަޖިލީހުގެ ކޮން ވަޒީރެއްގެ ބެލުމުގެ ދަށުންކަން ސަރުކާރުން ހާމަކުރަންޖެހޭނެކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ފުލުހުންގެ ހިދުމަތް ނުހިންގޭނެކަން ގާނޫނުއަސާސީގެ 242 އަދި 140 ވަނަ މާއްދާއިން ސާފުކަމަށް އުޝާމް ވިދާޅުވިއެވެ.
"ފުލުހުންގެ ހިދުމަތް މިހާރު ހިންގަނީ ވަޒީރުންގެ މަޖިލީހުގެ ކޮން ވަޒީރެއްގެ ބެލުމުގެ ދަށުންކަން ސަރުކާރުން ހާމަކުރަންޖެހޭނެ. ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ފުލުހުންގެ ހިދުމަތް ނުހިންގޭނެކަން ގއގެ 242 އަދި 140 ވަނަ މާއްދާއިން ސާފު." އުޝާމް ވިދާޅުވިއެވެ.
ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ހިންގުން ނިމުމަކަށް ގެނައީ ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފެށި ދުވަސްކަމުގައިވާ މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށް އެ ސިޓީގައި ބުނެފައިވެއެެވެ. ނަމަވެސް އޭގެ ފަހުން ވެސް ވަޒީރު އިމްރާން ވަނީ މަޖިލީހަށް ހާޒިރުވެ ވަޑައިގެން ފުލުހުންގެ ކަންކަމާ ބެހޭ ގޮތުން މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގެންފައެވެ.
ފުލުހުންގެ މުވައްސަސާ އެ މިނިސްޓްރީގެ ދަށުން ނެގުމުން، ދެން އެ މިނިސްޓްރީން އަދާކުރަން ޖެހޭ ޒިންމާތައް ލިޔުމުން އަންގައިފައިވާނެ ކަމަށްވެސް އެ ސިޓީގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެހެން މުވައްސަސާތައް ހިންގަމުން ގެންދިއުމަށް ވެސް އެ ސިޓީގައި މިނިސްޓަރު އިމްރާނަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު