ރާއްޖޭގެ ތަރައްގީއަށް ކުރެވޭނެ ކަންކަން ބަލާނެ ބަޔަކު ނެތްކަމަށާއި، އެންމެންވެސް މަސައްކަތްކޮށްފައި އޮތީ އަމިއްލަ ފައިދާއަށްކަމަށް ރަައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިހެން ވިދާޅުވީ ސީދާ ކީއްވެގެންކަން ސާފުނުވި ނަމަވެސް، މިދުވަސްވަރަކީ ޖީއެމްއާރަށް އެއާރޕޯޓް ދިން ގޮތާއިމެދު ބޮޑު ބަހުސެއް ކުރެވެމުންދާ ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ.

މޫސާ ވަނީ ‏ވޯޓު ހޯދަން ހިންގާ ތަރައްޤީގެ މަސްރޫޢުތަކާއި އިޤްތިސާދު ދަމަހައްޓަން ހިންގާ މަސްރޫޢުތައް ތަފާތުތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އަދި ޓޫރިޒަމް ކުރިއަރާދާއިރު އެއަޕޯޓާއި ސީޕޯޓު އެކަމާއި އެއްވަރަށް ތަރައްޤީ ނުުކުރެވުނުކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ކަންކަން ބަލާ ހިންގާނެ ވެރިންނެއް އެއްއިރަކުވެސް ނެތްކަމަށާއި ޕްރޮޖެކްޓް އޮތްގޮތަށް ބަޔަކަށް ދީފާ "ކަޓު ނަގައިގެން" (ނާޖާއިޒު ފައިދާ ނަގައިގެން) ތިބެނީކަމަށެވެ.



ޖީއެމްއާރަށް އެއަރޕޯޓް ދިން މައްސަލައިގައި ބައެއް ބޭފުޅުން ދަނީ އެކި ގޮތްގޮތަށް ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ކުރިން އެކަމަށް ތާއީދުކުރެއްވި ނުވަތަ އެކަމާއި ދެކޮޅަށް ބަހެއް ވިދާޅުނުވެ ތިއްބެވި ބައެއް ބޭފުޅުން މިހާރު އެކަމާއި ދެކޮޅަށް ވާހަކަ ދައްކަމުންދާއިރު، އަނެއްކޮޅުން ކުރިން އެކަމާއި ދެކޮޅަށް ވާހަކަ ދެއްކެވި ބައެއް ބޭފުޅުން މިހާރު ގެންދަވަނީ އެކަމާއި އެއްކޮޅަށް ވެސް ވާހަކަދައްކަވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު