މިއީ ވާނުވާ ނޭނގޭ ސަރުކާރެއްކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު ސަރުކާރަށް ފާޑު ވިދާޅުވެފައި މިވަނީ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރަން ނިންމި ނިންމުމާއި ގުޅިގެނެވެ.
މިކަމާއި ގުޅިގެން ޑރ. ޖަމީލު ވިދާޅުވީ މިއީ ކަނޑައެޅިގެން ބޮޑު އޮޅުވާލުމެއްކަމަށެވެ. އަދި ދުސްތޫރީ ހަމަތައް ކަފުންކޮށް ޗާޓުން ބޭރުން ސަރުކާރުން ކުަޅެން ފަށައިފިކަމަށް ޖަމީލު ތުހުމަތި ކުރެއްވިއެވެ.
ޖަމީލު ވަނީ އެނިންމުމާއެކު އެމުއައްސާއާ ބެހޭގޮތުން ޖަވާބުދާރީވާން ދެން ވަޑައިގަންނަވަން ޖެހޭނީ ރައީސަށްތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އަދި ޤާނޫނުގައި އޮތް ވަޒީރުންގެ މަސްއޫލިއްޔަތު ދެން އަދާކުރައްވާނީ ރައީސް އޮފީހުގެ ވަޒީރުންތޯވެސް ޖަމީލު އައްސަވާފައިވެއެވެ.
"ކަނޑައެޅިގެން ބޮޑު އޮޅުވާލުމެއް. ދުސްތޫރީ ހަމަތައް ކަފުންކޮށް ޗާޓުން ބޭރުން ސަރުކާރުން ކުޅެން ފެށީ. ޖަވާބުދާރީވާން ދެން ވަޑައިގަންނަވާނީ ރައީސްތޯ؟ ޤާނޫނުގައި އޮތް ވަޒީރުންގެ މަޞްއޫލިއްޔަތު ދެން އަދާކުރައްވާނީ ރައީސް އޮފީހުގެ ވަޒީރުންތޯ؟ ވާނުވާ ނޭނގޭ ސަރުކާރެއް." ރައީސް ޔާމިންގެ ދިފާއީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވާ ޑރ. ޖަމީލު ވިދާޅުވިއެ
ވެ.
ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކުރިކަން އަންގާފައިވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲއަށް ފޮނުއްވި ސިޓީއެއްގައެވެ. ނަމަވެސް ސަރުކާރުން މިކަމާއި ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި މައުލޫމާތު ދެއްވާފައެއް ނުވެއެވެ.
މިއީ ގާނޫނުއަސާސީއާ ހިލާފު ނިންމެވުމެއްކަމަށްވެސް ބައެއް ގާނޫނީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ހިންގުން ނިމުމަކަށް ގެނައީ ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފެށި ދުވަސްކަމުގައިވާ މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށް އެ ސިޓީގައި ބުނެފައިވެއެެވެ.

ކިޔުންތެރިންގެ ހިޔާލު