ފުލުހުންގެ ކަންކަމާއި ޒިންމާވާންޖެހޭ މިނިސްޓަރެއްގެ ގޮތުގައި އަދިވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަނޑައަޅުއްވާފައި ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު މިއަދު ވިދާޅުވެއްޖެއެވެ.
އޭޖީ ރިއްފަތު މިހެން ވިދާޅުވެފައި މިވަނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި އެކަން އެވުޒާރާއަށް އެންގެވުމާއި ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނިކޮށެވެ.
މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ބަންޑާރަ ނާއިބު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ފުލުހުންގެ އިދާރާ ވަކި ކުރިނަމަވެސް ފުލުހުން ޖަވާބުދާރީވާންޖެހޭނީ އަދިވެސް ހޯމް މިނިސްޓަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށެވެ. ނަމަވެސް އެނިންމުން ނިންމެވި ކަމެއް މީގެ ކުރިއަކުން އެއްވެސް ރަސްމީ ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ އާ ގާނޫނުގެ ދަށުން ވަކި މިނިސްޓްރީއެއްގެ ދަށުން ފުލުހުންގެ އިދާރާ ހިންގަންޖެހޭނެ ކަމަށް ބުނެފައިނުވާތީ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ވަކި ކުރީ މިދިޔަ އަންގާރަދުވަހު އެވެ.
އޭޖީ ވިދާޅުވީ ގާނޫނު އަސާސީގެ 140 ވަނަ މާއްދާއާއި އަދި 242 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ސަލާމަތީ ހިދުމަތްތައް ހިނގަން ޖެހޭނީ ވަޒީރެއްގެ ބެލުމުގެ ދަށުންކަމަށް އޮންނަ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ވަޒީރުގެ ޒިންމާ އާއި މަސްއޫލިއްޔަތުތައް އޮންނައިރު، އޭގެ މާނައަކީ ފުލުހުންނާއި ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އަދިވެސް ޖަވާބުދާރީވާނީ ހޯމް މިނިސްޓަރުކަމަށް ރިއްފަތު ވިދާޅުވިއެވެ.
ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ހިންގުން ނިމުމަކަށް ގެނައީ ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފެށި ދުވަސްކަމުގައިވާ މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށް އެ ސިޓީގައި ބުނެފައިވެއެެވެ. ފުލުހުންގެ މުވައްސަސާ އެ މިނިސްޓްރީގެ ދަށުން ނެގުމުން، ދެން އެ މިނިސްޓްރީން އަދާކުރަން ޖެހޭ ޒިންމާތައް ލިޔުމުން އަންގައިފައިވާނެ ކަމަށްވެސް އެ ސިޓީގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެހެން މުވައްސަސާތައް ހިންގަމުން ގެންދިއުމަށް ވެސް އެ ސިޓީގައި މިނިސްޓަރު އިމްރާނަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު