ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއާއި ރާއްޖެއިން ސޮއިކުރި އެކްޝަން ޕްލޭންގައި ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާއި ގުޅޭ އެއްވެސް ވާހަކައެއް ނޯންނާނެކަމަށް ރާއްޖެއިން އިންޑިއާއަށް އޭރު ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އަހުމަދު މުހައްމަދު، އަންޑޭ ވިދާޅުވެއްޖެއެވެ.
"ރަސް އޮންލައިން" އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި އަންޑޭ މިހެން ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު 2016 ވަނަ އަހަރުގެ ފަހުން ސޮއިިކޮށްފައިވާ ދިފާއީ ހުރިހާ އެއްބަސްވުމެއްގެވެސް އަސާސަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެ ގައުމަށް އެ އަހަރު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުން ސޮއިކުރި އެކްޝަން ޕްލޭން ކަމަށް އިންޑިއާގެ ސަރުކާރުން ބުނުމާއި ގުޅިގެނެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާއި ގުޅޭގޮތުން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުން ވިދާޅުވަނީ ރައީސް ޔާމިންގެ ސަރުކާރުގައި ސޮއިކުރި އެކްޝަން ޕްލޭންގެ ދަށުން އިންޑިއާ ސިފައިންނަށް ރާއްޖޭގައި ގާއިމްވެ ތިބެވޭނެކަމަށެވެ.
މިކަމާއި ގުޅޭގޮތުން "ރަސް އޮންލައިންއިން" އިން ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން އެކްޝަން ޕްލޭންގައި ސޮއިކުރެއްވިއިރު އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ހުންނެވި، ކުރީގެ މިނިސްޓަރ އަހުމަދު މުހައްމަދު ވަނީ އިންޑިއާ ސަރުކާރުން ދެއްކި އެވާހަކަތައް ދޮގުކުރައްވާފައެވެ.
އަހުމަދު ވިދާޅުވީ އެކްޝަން ޕްލޭންގައި އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާއި ގުޅޭ އެއްވެސް ވާހަކައެއް ނޯންނާނެކަމަށެވެ. އަދި އޭގައި އޮންނާނީ އުތުރު ތިލަފަޅު ތަރައްްގީކުރުމުގެ ވާހަކައާއި އެތަން އިންޑިއާ ސިފައިން ރާއްޖޭގެ އަސްކަރިއްޔާއާއި ގުޅިގެން ހިންގާ ތަމްރީން ތަކުގައި ބޭނުންކުރެވޭނެ އުސޫލުތަކުގެ ވާހަކަ ކަމަށެވެ. އެގޮތުން އެކްޝަން ޕްލޭންގައި އޮންނާނީ އިންސާނީ އެހީ ދިނުމާއި ކާރިސާތަކުގެ ވަގުތުގައި ހިންގާ ހަރަކާތްތަކާއި އީއީޒެޑް ބަލަހައްޓަން ހިންގާ އޮޕަރޭޝަންތަކުގައި އިންޑިއާއަށް އުތުރު ތިލަފަޅު ބޭނުން ކުރެވޭނެ ކަމުގެ ވާހަކަ ކަމަށް އަހުމަދު ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ ކުރީގެ ސަރުކާރުން ސޮއިކުރި އެކްޝަން ޕްލޭންގައި އޮތީ އުތުރުތިލަފަޅު ހަދަން އެހީ ހޯދުމުގެ ވާހަކަކަމަށާއި، އިންޑިޔާ ސިފައިން އައިސް އެތާނގައި ގާއިމްވެ ތިބޭ ވާހަކައެެއް ނޫންކަމަށެވެ.
"އަބަދުވެސް އޮވެ ޑިފެންސް ކޯޕަރޭޝަން. އޭގެ ދަށުން އެކިއެކި ޓްރެއިނިންގތައް ދަނީ އަބަދުވެސް ހިންގަމުން. އޭގެއިތުރުން ހަތިޔާރު ދިނުމާއި، މިކަންކަމަކީ ޒަމާނުއްސުރެ ހިނގާ ކަންކަން.. ހެލިކޮޕްޓަރެއް ގެނައީވެސް އެ ގުޅުމުގެ ދަށުން... އެކަމަކު މިއެއްޗެހި ގެނެސްފައި މިތަނަށް މާގަދައަށް ފައިގަދަކުރަން މި މީހުން އުޅޭތީ މައްސަލައަކަށް ވެގެން މިއުޅެނީ." އަންޑޭ ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ ބަޔަކު ކަންބޮޑުވެގެން އުޅެނީ ކުރީގެ ސަރުކާރުން ސޮއިކުރި އެކްޝަން ޕްލޭންގައި އޮތް އެންމެ ދެ ފޮޅުވަތެއްގެ މައްޗަށް ބިނާކޮށް މި ސަރުކާރުން އިންޑިއާއެކު ގާއިމްކުރި އެއްބަސްވުމުގެ ތަފްސީލް ނުދޭތީކަމަށެވެ. އަދި އޭގެ ތަފްސީލް ދޭން އެދުމުން މި ސަރުކާރުން ދައްކަނީ ކުރީގެ ސަރުކާރުން ސޮއިކުރި އެކްޝަން ޕްލޭންގެ ވާހަކަ ކަމަށް އަހުމަދު ވިދާޅުވިއެވެ.
"އެ އެކްޝަން ޕްލޭންގައި އުތުރު ތިލަފަޅާ ބެހޭ ގޮތުން އޮންނާނީ އެންމެ ދެފޮޅުވަތް. އުތުރު ތިލަފަޅު އެއްބަސްވުން ދައްކާށޭ ބުނީމާ ނޫނީ އޭގައި އޮތް އެއްޗަކާ ބެހޭގޮތުން ނޫސްވެރިން ސުވާލު ކުރީމާ އިންޑިއާއިން އޭގެ ވާހަކަ އޮއްބާލަން މިދައްކަނީ އެކްޝަން ޕްލޭންގެ ވާހަކަ. ކެރެންޏާ ބޭކާރު ވާހަކަ ނުދައްކައި އެ އެއްބަސްވުން ދައްކަންވީ ނޫންތޯ؟ އެ އެއްބަސްވުމުގައި އޮތް އެއްޗެއް ހާމަކުރަން ޖެހިލުން ވަނީ ކީއްވެތޯ؟" ކަންބޮޑުވާ ފަދަ ކަންތައްތަކެއް ހުރި ކަމަށްބުނެ ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ޔޫޓީއެފް އެއްބަސްވުން ދައްކަން ނުކެރިގެން އުޅޭ ސަބަބަކާމެދު ސުވާލު އުފައްދަވަމުން އަންޑޭ ވިދާޅުވިއެވެ.
އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ އަޑުތައް އަނެއްކާ ވެސް ގަދަވެފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އުތުރު ތިލަފަޅުގެ އެއްބަސްވުން ހަތް ދުވަހުތެ ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޑިފެންސް މިނިސްޓްރީއަށް މި މަހުގެ 14 ގައި އަންގާފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު