ހދ. ކުޅުދުއްފުށީ އެއަރޕޯޓްގެ ރަންވޭ ލައިޓިންގ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހިންގަމުން އަންނަ ކުޅުދުއްފުށީ އެއަރޕޯޓްގެ ރަންވޭ ލައިޓް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބެއިޖިން ޒެޑްއާރް.ޖީ.ޑަބްލިއު ކޯޕަރޭޝަން ލިމިޓެޑާއެވެ.

ރީޖަނަލް އެއަރޕޯޓްސްގެ ސީއީއޯ އަހުމަދު އިބްރާހީމް ވިދާޅުވީ މިމަސައްކަތް 2022 ވަނަ އަހަރު ފެށުމުގެ ކުރިން ނިންމާ ކުޅުދުއްފުށީ އެއަރޕޯޓަށް ޖަނަވަރީ މަހުގެ ތެރޭގައި ރޭގަނޑުގެ ދަތުރުތައް ކުރެވޭނެ ކަމަށެވެ. އަދި އެހެން އެއަރޕޯޓްތަކާ ޚިލާފަށް ކުޅުދުއްފުށީ އެއަރޕޯޓްގައި ޤާއިމްކުރާ ލައިޓިން ސިސްޓަމަކީ ލެޑް ސިސްޓަމެއް ކަމަށާއި، އޭގެ ސަބަބުން ދިމާވާ މައްސަލަތައް މަދުވެ ލައިޓްތަކުގެ އުމުރު ދިގުވުމުގެ އިތުރުން ލައިޓިންގއަށް ހޭދަވާ ކަރަންޓް ޚަރަދު ވަރަށްބޮޑަށް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

2019 ވަނަ އަހަރުގެ އޮގަސްޓް 9 ވަނަ ދުވަހު ކުޅުދުއްފުށީ އެއަރޕޯޓުން ޝެޑިއުލް ދަތުރުތައްވަނީ ފަށާފައެވެ. މިއެއަރޕޯޓުން ދަތުރުތައް ފެށި ނަމަވެސް ދަތުރުކުރެވެނީ ދުވާލު އެކަނި ކަމަށްވާތީ ރޭގަނޑު ދަތުރު ކުރަންޖެހިއްޖެނަމަ އަދިވެސް ކުޅުދުއްފުށްޓަށް ދާންޖެހެނީ ހަނިމާދޫމަގުންނެވެ.

ހދ. ކުޅުދުއްފުށީ އެއަރޕޯޓްގެ ރަންވޭ ލައިޓިންގ މަސައްކަތުގެ ސަބަބުން ރޭގަނޑުގެ އުދުހުންތައް ފެށި ރައްޔިތުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު


13

މަ

23-Oct-2021

ތިގޮތައް އެތާ ރެސްޓޯރެންޓް ދެބުރަށް ހަވާލުކޮށްފި,