ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ފުލުހުންގެ ހަތް އޮފިސަރުންގެ ތެރެއިން ތިން އޮފިސަރަކު ވަޒީފާއިން ވަކިނުކުރުމަށް ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
ފުލުހުންގެ ވަޒީފާ އިން ވަކިނުކުރަން ހައިކޯޓުން އަމުރުކުރި އޮފިސަރުންނަކީ ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް އާދަމާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފު އަދި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދެވެ. މި ތިން އޮފިސަރުން މަގާމުން ވަކި ކުރުމަށް މިހާރު ވަނީ 10 ދުވަހުގެ ނޯޓިހެއް ފޮނުވާފައެވެ. އެ 10 ދުވަހުގެ ނޯޓިސްގެ މުއްދަތު ހަމަވަނީ މިރޭގެ 12:00ގެ ނިޔަލަށެވެ.
ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ފުލުހުންގެ ހަތް އޮފިސަރުންގެ ފަރާތުން ވަނީ އެމައްސަލަ ހައިކޯޓަށް ހުށައަޅާފައެވެ.
ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް، ދެ އޮފިސަރުން ވަޒީފާ އިން ވަކިކޮށް، ހަތަރު އޮފިސަރަކު ވަކިކުރަން 10 ދުވަހުގެ ނޯޓިސް މި އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަހު ވަނީ ފޮނުވާފައެެވެ.
ފުލުހުންގެ އާ ގާނޫނުން އެކުލަވާލި ޕޮލިސް ބޯޑުގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ހަތް އޮފިސަރަކު ވަކިކުރަން ބޯޑުން ލަފާ ދީފައިވާތީ، އެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން އެސިސްޓެންޓް ކޮމިޝަނަރ މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު (ޓޫފޯ) މިހާރު ވަނީ ވަޒީފާ އިން ވަކިކޮށް ޗިޓް ހަވާލުކޮށްފައެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސޮއިކުރައްވާ ފޮނުއްވި ޗިޓުގައި ބުނެފައިވަނީ ފުލުހުންގެ އާ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުން ބެލި މައްސަލައަކާ ގުޅިގެން މަގާމުގައި ބަހައްޓަން ނުފެންނާތީ މަގާމުން ވަކިކުރެއްވީ ކަމަށެވެ.
ކޯޓުގައި ފަސް އޮފިސަރަކު ތަމްސީލްކުރައްވަނީ ދިވެހި ޗެމްބަރސްގެ ފަރާތުންނެވެ. ދެ އޮފިސަރުން ވަކިކުރުމުގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް ވަކިކުރުމުގެ އިޖުރާތު ފެށިކަމުގެ ނޯޓިސް ހަވާލުކޮށްފައިވާ ކަމަށް އެ ލޯފާމުން ބުނެ އެވެ. މި އޮފިސަރުންގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ ވަޒީފާއިން ވަކިކުރުމަށް ވެސް ވަނީ ނޯޓިސް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު